ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބާއްވަން، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނިންމަވައިފިއެވެ.
ޕީޕީއެމްގެ މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އީދު ބަންދަށްފަހު އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވަން ރައީސް މައުމޫން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.
އަދި ޕާޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކާ ބެހޭގޮތުން ކައުންސިލް މެމްބަރުންގެ ހިޔާލު ހޯދުމަށްޓަކާ، އެބޭފުޅުންނާ ވަކިވަކިން ރައީސް މައުމޫން ބައްދަލުކުރައްވަމުން ގެންދަވާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.
ޕީޕީއެމްގެ ތެރޭ ކޯޅުން ބޮޑުވެ، ރައީސް އަބްދުﷲ ޔާމީން އާއި ރައީސް މައުމޫންއާ ދެމެދު މައްސަލަތަކެއް އުފެދިފައިވާއިރު، ރައީސް މައުމޫން ދާދިފަހުން ވަނީ ޕީޕީއެމްގެ ނައިބު ރައީސްގެ ބާރުތަށް ނަންގަވާފައެވެ. އަދި އެމަނިކުފާނުގެ ހުއްދަނެތި ޕީޕީއެމްގެ އެއްވެސް ކޮމެޓީއެއްގެ ބައްދަލުވުން ވެސް ބާއްވައިގެން ނުވާނެކަން ވަނީ އަންގާފައެވެ.
ޕީޕީއެމްގެ އެތެރޭގައި ކޯޅުން ބޮޑުވެފައި މިވަނީ ރައީސް މައުމޫންގެ ވިސްނުންފުޅާއި ދެކޮޅަށް ޓްއަރިޒަމް ޤާނޫނު އިސްލާހްކޮށް ބިޑަކާއި ނުލައި ރަށްތައް ދެވޭ ގޮތައް ޤާނޫނު އިސްލާހް ކުރުމާއި ގުޅިގެންނެވެ.
ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބާއްވަން މައުމޫން ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ