ހަނިމާދޫ ސްކޫލް ކައިރީ ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ފަށައިފި

ހދ. ހަނިމާދޫ ސްކޫލުގެ ކިޔެވުން ފެށޭ ގަޑިތަކުގައާއި ނިމޭ ގަޑިތަކުގައި އެސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މި ފެބްރުއަރީ މަހު 10 ވަނަ ދުަވަހު ފުލުހުން ފެށި މި މަސައްކަތަކީ ހަނިމާދޫ ސްކޫލުގެ ކިޔެވުން ފެށޭ ގަޑިތަކުގައި އާއި ނިމޭ ގަޑިތަކުގައި އެސަރަހައްދުގެ މަގުތަކުގެ ބާރުބޮޑުވެ ސްކޫލު ކުދިންނާއި ބެލެނިވެރިންނަށް ތަފާތު އުނދަގޫތައް ކުރިމަތިވަމުންދާތީ އެކަމަށް ހައްލެއް ގެނެސްދިނުމުގެ ގޮތުން ފެށި މަސައްކަތެއް ކަމަށާއި، މި ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ދާއިމީ ގޮތެއްގައި ކުރުމަށް ހަމަޖެހިފައިވާކަމަށް ޕޮލިސް ވެބްސައިޓުގައިވެއެވެ.
މި މަސައްކަތުގެ ދަށުން، ސްކޫލު ފެށޭ ގަޑިތަކުގައާއި ނިމޭ ގަޑިތަކުގެ އިތުރުން އިންޓަވަލް ގަޑީގައި ސްކޫލު ހިމެނޭ ސަރަޙައްދަށް އުޅަނދަށް ނުވަދެވޭގޮތަށް މަގު ބަންދުކޮށް އެސަރަޙައްދުގެ ޓްރެފިކް މެނޭޖްކޮށް މަގުމަތި ތަރުތީބު ކުރުމުގައި ފުލުހުން ހަރަކާތްތެރިވާނެއެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އާބާދީބޮޑު ބައެއް ރަށްތަކުގެ ސްކޫލުތަކުގެ ކިޔެވުން ފެށޭ ގަޑިތަކުގައާއި ނިމޭ ގަޑިތަކުގައި އެސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ