ބަޔަކު ޖުމްހޫރީ ޕާޓީ ނައްތާލަން ބޭނުންވޭ: ގާސިމް އިބްރާހިމް

ބަޔަކު ޖުމްހޫރޫ ޕާޓީ ނައްތާލަން ބޭނުންވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް އައު މެންބަރުންތަކެއް ސޮއިކުރުމަށް ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައިވާހަކަ ދައްކަވަމުންނެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ޖޭޕީއަކީ އެންމެނަށް ވެސް ހުޅުވާލެވިފައިވާ ޕާޓީއެއް ކަމަށާއި ސިޔާސީގޮތުން ކުރިއަށްދާން ބޭނުންވާ މީހުން ޖޭޕީއާ ގުޅެމުންދާނެ ކަމަށެވެ. ޖޭޕީއަށްވުރެ އަވަހަށް ޕާޓީގެ މަތީ މަގާމަކަށް ދެވޭނެ ފުރުސަތު އޮތް އެހެން ޕާޓީއެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
300 މީހުންނާއެކު ލޯޔަރު ވަހީދު ޖޭޕީއާ ގުޅިވަޑައިގަތީ މި އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހުގެ ރެއެވެ. އަދި އޭނާއަކީ ގާސިމްގެ ލީގަލް އެޑްވައިޒަރުކަމަށް މިރޭ ވަނީ ހަމަޖައްސާފައެވެ.
"ސިޔާސީ ވާދަވެރިކަން ވެސް އިޖުތިމާއީ ވާދަވެރިކަން ވެސް އޮންނަން ޖެހޭނީ ހައްދެއްގެ ތެރޭގައި ކަމަށާއި ފާޑުކިޔަން ޖެހޭނީވެސް ބިނާކުރަނިވި ފާޑުކިޔުން. ބަޔަކު ޖޭޕީ ނައްތާލަން ބޭނުންވިޔަސް، ޖޭޕީ ދިރިދެމިއޮންނަން ބޭނުންވާކަން ޕާޓީގެ މެންބަރުންގެ ހަރަކާތްތަކުން ފެނިގެންދޭ."
ވަރަށް އަވަހަށް ޖޭޕީގެ ޖެނެރަލް އެސެމްބްލީއެއް ބާއްވާނެކަން ވެސް މި ރަސްމިއްޔާތުގައި ގާސިމް ވަނީ އިއުލާންކުރައްވާފައެވެ.
އާންމު ގޮތެއްގައި ޖެނެރަލް އެސެމްބްލީ ބާއްވަންޖެހެނީ ފަސް އަހަރުން އެއްއަހަރު ނަމަވެސް ކައުންސިލުން ނިންމައިފިނަމަ، އޭގެ ކުރިންވެސް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް އަސާސީ ގަވާއިދު ތަންދޭ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ވަރަށް އަވަހަށް ޖޭޕީގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް އޮންނާނެ ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ