ފިތުރު އީދުގެ ފުރަތަމަ ދެ ދުވަހުގެ ހަވީރު މާލޭގައި އިންޖީނުލީ އުޅަނދު ދުއްވުން ކައުންސިލުން މަނާ ކޮށްފި އެވެ.
އީދުގެ ފުރަތަމަ ދެ ދުވަހު ހަވީރު 4:00 އިން ފެށިގެން 6:30 އާ ހަމައަށް މާލޭގެ މަގުމަތީގައި އުޅަނދު ދުއްވުން މަނާކުރީ މާލޭގައި ގިނަ އަދަދެއްގެ ރައްޔިތުން އުޅޭއިރު އީދުގެ އުފާފާޅު ކުރުމުގެ ގޮތުން ދޮށީ އުމުރުގެ މީހުންނަށާއި، ކުޑަ ކުދިން މަގުމައްޗަށް ނުކުމެ ކުޅިވަރު ކުޅުމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށެވެ.
މާލޭގައި ވެހިކަލް ދުއްވުން މަނާ ކޮށްފައި ވަނީ، ކައުންސިލްގެ 12 މެމްބަރުންގެ ތެރެއިން ހަ މެމްބަރުންގެ ވޯޓް ދީގެނެވެ. އުޅަނދު ދައްވުން މަނާ ގަޑީގައި އެމްބިއުލާންސާއި ސަލާމާތީ ބާރުތަކުގެ ވެހިކަލްތަކަށް ދުއްވޭނެ އެވެ.
އީދު ނަމާދުގެ ޖަމާއަތް ވީހާވެސް ބޮޑުކުރުމަށް މިފަހަރު މާލޭގައި އީދު ނަމާދު ކުރަން ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގަ އެވެ.
އީދުގެ ފުރަތަމަ ދެ ދުވަހުގެ ހަވީރު މާލޭގައި އެއްގަމު އުޅަނދު މަނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ