ކަރަންޓް ސަބްސިޑީ އަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ކަރަންޓް ސަބްސިޑީ އަށް އަލުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ. މިހާރު ސަބްސިޑީ ލިބޭ ގޭބިސީތަކުން ވެސް އަލުން ރަޖިސްޓްރީ ކުރަންޖެހޭ ގޮތަށް އެންސްޕާ އިން ފުރުސަތު ހުޅުވާލާފައި ވަނީ އޭޕްރީލް 9ގެ ނިޔަލަށެވެ. އެ މުއްދަތުގައި ރަޖިސްޓްރީނުކުރާ ފަރާތްތަކަށް ސަބްސިޑީ ހުއްޓޭނެ ކަމަށް އެންސްޕާ އިން ވަނީ ބުނެފަ އެވެ. ކަރަންޓް ސަބްސިޑީ އަށް އަލުން ރަޖިސްޓްރީ ކުރަން ހުޅުވާލަނީ ހައްގުވެރިންނަށް ސަބްސިޑީ ދިނުމުގެ އިތުރުން، މިހާރު ރަޖިސްޓްރީނުކޮށް ތިބި ފަރާތްތަކަށް ފުރުސަތު ދިނުމަށް ކަމަށް އެންސްޕާ އިން ބުންޏެވެ.މާލޭ ސަރަހައްދުގެ 84 ޕަސެންޓް ގޭބިސީ އަށް ކަރަންޓް ސަބްސިޑީ ލިބޭއިރު އޭގެ ތެރޭގައި މުއްސަނދިން ވެސް ވަރަށް ގިނަ އެވެ. އަދި ރަށްރަށުގައި ވެސް ލިބެން ނުޖެހޭ ފަރާތްތަކަށް ސަބްސިޑީ ލިބޭ ކަމަށް އެންސްޕާ އިން ބުންޏެވެ. ފެނަކަ ކޯޕަރޭޝަނުން ކަރަންޓްގެ ހިދުމަތް ދޭ ރަށްރަށުގެ ތެރެއިން ސަބްސިޑީ ލިބޭ 11 ޕަސެންޓް މީޓަރަކީ ވިޔަފާރި އަށް ރަޖިސްޓްރީ ކޮށްފައިވާ މީޓަރު ކަމަށާއި އެއީ ސަބްސިޑީ ހައްގުވާ ފަރާތްތަކެއް ނޫން ކަމަށް ވެސް އެންސްޕާ އިން ބުނެފައި ވެ އެވެ. ސަބްސިޑީގެ ގޮތުގައި ދެނީ ކޮންމެ ބިލަކުން ވެސް ފިއުލް ސާޗާޖަށް އަރާ މިންވަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ