ހޯމް މިނިސްޓަރަކަށް، ރައީސް އަބްދުﷲ ޔާމީނަށް ކުރިން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ އުމަރު ނަސީރުގެ ނަން ހުށަހަޅަން ޖުމްހޫރީ ޕާޓީގެ ކައުންސިލުން ރޭ ފާސްކޮށްފި އެވެ.
ޖޭޕީ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ސަރުކާރުގެ ފަސް މިނިސްޓްރީއެއް ޖޭޕީއަށް ދޭން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓްރީ ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ 33 ޕަސެންޓް ޖޭޕީއަށް ދޭން ޕީޕީއެމުން ވަނީ އެއްބަސްވެފަ އެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ޔާމީނާ ވާދަކުރެއްވި އުމަރު މިއަދު ވިދާޅުވީ ސަރުކާރަށް ހިދުމަތް ކުރެއްވުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ތާއީދު ކުރެއްވި އުމަރު ވިދާޅުވީ އޭނާއާ ހަވާލުކުރެއްވި ކޮންމެ މަގާމެއް ތެދުވެރިކަމާ އެކު އަދާކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު ސަރުކާރުގައި ބައިވެރިވާން ޝައުގުވެރިކަން ހުރީ މި ސަރުކާރު ވަރުގަދަކޮށް ކުރިއަށް ގެންދިއުމަށް. ރައީސް ވަހީދު ސަރުކާރު ގޮތަށް މި ސަރުކާރު ބަލިކަށި ވެގެން ދާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން،" އުމަރު ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕްރައިމަރީއަށް ފަހު އުމަރު ޕާޓީން ވަކިކުރީ ޔާމީނާއި އެ ޕާޓީއާ ބެހޭ ގޮތުން ހަގީގަތެއް ނެތް ވާހަކަ ދެއްކި ކަމަށް ބުނެ އެކަމަށް މައާފަށް އެދެން ޕާޓީން އެންގުމުން އޭނާ މައާފަށް އެދިވަޑައިނުގަތުމުންނެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި މިހާތަނަށް އައްޔަން ކުރައްވާފައިވަނީ ފަސް މިނިސްޓަރެކެވެ. އެއީ ޑިފެންސް މިނިސްޓަރު ކަމަށް މުހައްމަދު ނާޒިމާއި ޓޫރިޒަމް މިނިސްޓަރު ކަމަށް އަހްމަދު އަދީބާއި ފޮރިން މިނިސްޓަރުކަމަށް ދުންޔާ މައުމޫނާއި ފިނޭންސް މިނިސްޓަރަކަށް އަބްދުﷲ ޖިހާދު އަދި ޓްރާންސްޕޯޓް މިނިސްޓަރު ކަމަށް އަމީން އިބްރާހީމެވެ.
ހޯމް މިނިސްޓަރު ކަމަށް ޖޭޕީން ހުށަހަޅަނީ އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ