ފެނަކަ ކޯޕަރޭޝަންގެ މެނޭޖަރު ހައްޔަރުކުރަން ހައި ކޯޓުން އަމުރުކޮށްފި

ތ. ގުރައިދޫގައި ކުޑަ އަންހެން ކުއްޖަކަށާއި ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގޭގެ މެނޭޖަރު އަހުމަދު ފުއާދު ހައްޔަރުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ހައި ކޯޓުން މިގޮތަށް އަމުރު ނެރުނީ ފުއާދު ދޫކޮށްލަން ތިމަރަފުށީ ކޯޓުން މި މަހުގެ ހަތަރު ވަނަ ދުވަހު ކުރި އަމުރު ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެންނެވެ. ފުލުހުން ފުއާދު ހައްޔަރުކުރީ 17 އަހަރުގެ އަންހެން ކުއްޖަކަށާއި 13 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގަ އެވެ. ޕީޕީއެމްގެ އިސް އެކްޓިވިސްޓެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވާ ފުއާދުގެ މައްޗަށް ތުހުމަތު ކުރެވެނީ އޭނާގެ ބެލެނިވެރިކަމުގެ ދަށުގައި ތިބި ދެ ކުއްޖަކާ ބަދު އަޚުލާގީ އަމަލު ހިންގިކަމުގެ ތުހުމަތު ކަމަށް އެނގިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ