ދެން ވޯޓް ނަގާއިރު ވޯޓު އޮޅުވާ ނުވެލޭވެ ތިން ގޮތެއް އެބައޮތް ކަމަށް ޖުމްހޫރީ ގުޅުމުގެ ކެމްޕޭން ސްޓިއަރިން ކޮމިޓީގެ ޗެއާމަން އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ، އެ ތިން ގޮތަށް އަމަލު ކޮށްފިނަމަ އިންތިހާބަކީ ދެ ފުށް ފެންނަ އޮޅުވާލުންތަކުން އެއްކިބާވެފައިވާ އިންތިހާބަކަށް ވާނެ ކަމަށެވެ.
އުމަރު ވިދާޅުވީ ދެން ވޯޓުލާއިރު ފާހަގަ ޖަހަން ޖެހނީ ދެލި ފުޅިއަށް އިނގިލި ކޮށްޕާލައިގެން ކަމަށާއި ދެވަނަ ފަހަރަށް ވޯޓު ލާފައިވޭތޯ ބަލަން ޔޫވީ ޓޯޗް ބޭނުން ކުރުމުގެ އިތުރުން މީހަކު ވޯޓު ލާ ކޮންމެ ފަހަރަކު އަދަދު ބާރަށް ކިޔަންޖެހޭނެ ކަމަށެވެ.
"ދެން އިންތިހާބު ބާއްވާއިރު ވޯޓުލީ މީހަކު އަލުން ވޯޓުލާފާނެ ކަމަށް އެބަޖެހޭ ވަކި ވައްތަރެއްގެ ޓޯޗެއް ބޭނުން ކުރަން. އޭގެން އެނގޭނެ ވަރަށް ރަނގަޅަށް ފާހަގަ ފުހެލާފައި އިނދެއްޖެނަމަ. މިހާރު ވޯޓުލީ ފާހަގައެއްގެ ގޮތުގައި މި ޖަހާ ފާހަގައިގެ ބަދަލުގައި ޖެހޭނީ އިނގިލި ދެލި ފޮޅިއަށް ކޮށްޕާލަން. އޭރުން އެ ހުންނާނެ މަހެއްހާ ދުވަސްވަންދެން. އެންމެ ފަހު ކަމެއްގެ ގޮތުގައި މީހަކު ވޯޓުލާ ކޮންމެ ފަހަރަކު ޖެހޭނެ ހަރު އަޑުން ނަމްބަރުތައް ގޮވަން. އޭރުން އިތުރަށް ވޯޓު ނުލެވޭނީ،" އުމަރު ވިދާޅުވި އެވެ.
ދެން ވޯޓް އޮޅުވާ ނުލެވޭނީ ތިން ފިޔަވަޅެއް އަޅައިގެން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ