ހިސްޓޯ ޕީޕީއެމްއާއި ގުޅިވަޑައިގަތުމަކީ ބޮޑު ކާމިޔާބީއެއް: ރައީސް މައުމޫން

އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންފައިވާ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާގު މުފީދު (ހިސްޓޯ) ޕީޕީއެމްއާއި ގުޅިވަޑައިގަތުމަކީ އެޕާޓީއަށް ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީއެއް ކަމަށް ޕީޕީއެމްގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
ހިސްޓޯ ޕީޕީއެމްއަށް ގުޅިވަޑައިގަތުމަށް ފުވައްމުލަކުގައި ބޭއްވެވި ޖަލްސާއަށް ފަހު މާލެ ވަޑައިގެން، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، މައުމޫން ވިދާޅުވީ ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި، މިދަތުރުގެ ކާމިޔާބީ އިތުރުވެގެންދިޔާއިރު، ހިސްޓޯ ޕާޓީ ބަދަލުކުރެއްވުމުން ކަމަށެވެ.
މާލެ ވަޑައިގެން ނޫސްވެރިންނާއި ވާހަކަދައްކަވަމުން ހިސްޓޯ ވިދާޅުވީ އެމަނިކުފާނު ޕާޓީ ބަދަލުކުރެއްވި ނަމަވެސް، ހުންނެވީ ސާފު ކަންމަތީގައި ކަމަށާއި، ނިމިގެންދާނީވެސް އެސާފުކަންމަތީގައި ކަމަށެވެ.
ހިސްޓޯ ޕީޕީއެމްއަށް ސޮއިކުރަށްވާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުގެ ރޭ، ފުވައްމުލަކުގައި ޕީޕީއެމްއިން ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ