ރޯދަ މަހު "ހަވީރު"ން ކުރިއަށް ގެންދިޔަ މުބާރާތްތަކުން ވަނަ ހޯދި މީހުންނަށް އިނާމު ދީފި

މި އަހަރުގެ ރޯދަ މަހު "ހަވީރު"ން ކުރިއަށް ގެންދިޔަ ތިން މުބާރާތެއްގެ ނަތީޖާ ފާޅުކޮށް އިނާމު ދީފި އެވެ. ސިޓްރޮން ރެސްޓޯރެންޓުގައި މިއަދު ބޭއްވި ހަފްލާއެއްގައި ބީއެޗްއެމް ހަވީރު ރޯދަ ކުއިޒު، ނޮލެޖު ބުކްޝޮޕް ފިނި ހަވީރު އަދި ކެނޮން ހަވީރު ރޯދަ ފޮޓޯ މުބާރާތުން ވަނަތައް ހޯދި މީހުންނާ އިނާމްތައް ވަނީ ހަވާލުކޮށްފަ އެވެ. ނޮލެޖު ބުކްޝޮޕް ފިނި ހަވީރު ވާހަކަ މުބާރާތުން އެއްވަނަ ހޯދައިގެން 10،000 ރުފިޔާ ގެންދިޔައީ "ދަރުސް" ވާހަކަ ލިޔުނު ފަތުހުﷲ އަހުމަދެވެ. ދެވަނަ ލިބުނީ "ކުށްވެރިޔަކީމެ" ވާހަކަ ލިޔުނު ބ. ފުޅަދޫ އުދަރެސްގޭ އާމިނަތު އަގުލީމާ އަށެވެ. އަދި ތިންވަނަ ލިބުނީ "އަންހެނަކަސް އެއީ ފިސާރި އަންހެނެކެވެ" ވާހަކަ ލިޔުނު ގދ. ގައްދޫ އަބުލަގީގޭ އަހުމަދު ނާސިހު އަށެވެ. ކެނޮން ހަވީރު ފޮޓޯ މުބާރާތުން ތިންވަނަ ހޯދި އަނަސް މުހައްމަދުގެ ފަރާތުން އިބްރާހިމް ނަޒީހު (ކ) އިނާމާ ހަވާލުވަނީ.---ހަވީރު ފޮޓޯ: ނިޝާން އަލީ މި މުބާރާތުގެ ދެ ވަނަ އަށް އިނާމުގެ ގޮތުގައި 5،000 ރުފިޔާ އަދި ތިން ވަނަ އަށް 3،000 ރުފިޔާ ވަނީ ދީފަ އެވެ. ބީއެޗްއެމް ހަވީރު ރޯދަ ކުއިޒުން އެއްވަނަ ހޯދައިގެން 10،000 ރުފިޔާ ކާމިޔާބުކުރީ މުހައްމަދު ރަމީޒު އެވެ. އޭނާ 30 ސުވާލު ރަނގަޅު ކުރީ 52 ސިކުންތުންނެވެ. ދެ ވަނަ ލިބުނު އިހުސާން އިބްރާހިމަށް 5،000 ރުފިޔާ އަދި ތިން ވަނަ ލިބުނު އަނަސް މުހައްމަދަށް 3000 ރުފިޔާ ވަނީ ހަވާލުކޮށްފަ އެވެ. އަނަސް ކުއިޒް ކާމިޔާބުކުރީ 30 ސުވާލަށް 55 ސިކުންތުގެ ތެރޭގައި ޖަވާބު ދީގެންނެވެ. ދެވަނައަށް ދިޔަ އިހުސާން ވަނީ 52 ސިކުންތުގެ ތެރޭގައި 30 ސުވާލަށް ޖަވާބުދީފަ އެވެ. ކުއިޒް މުބާރާތުގެ އެއްވަނަ އަށް ދެ މީހަކު ހޮވިފައިވެ އެވެ. އެހެންވެ އިނާމު ލިބޭނެ ފަރާތެއް ކަނޑައެޅީ ގުރުއަތުންނެވެ. އެގޮތުން އެއްވަނަ ލިބުނީ މުހައްމަދު ރަމީޒަށެވެ. ނަތީޖާ އިއުލާންކުރުމުގެ ހަފްލާގައި ބައިވެރިވި ބައެއް މީހުން.--ހަވީރު ފޮޓޯ: ނިޝާން އަލީ ކެނޮން ހަވީރު ފޮޓޯ މުބާރާތުން އެއްވަނަ އަދި ދެވަނަ ވެސް ލިބުނީ އަހުމަދު ޝަރީފަށެވެ. އޭނާ ފޮނުވި އެއް ފޮޓޯއަށް 14،000 ލައިކްސް އަދި އަނެއް ފޮޓޯއަށް 12،000 ލައިކްސް ލިބުނެވެ. ތިންވަނަ ލިބުނީ އަބްދުﷲ ވިޝާހު އިބްރާހިމަށެވެ. އޭނާއަށް 5،200 ލައިކްސް ލިބުނެވެ. ފޮޓޯ މުބާރާތުން ވަނަތައް ހޯދި މީހުންނަށް އިނާމުގެ ގޮތުގައި ދީފައިވަނީ ކެނޮން ކެމެރާ އާއި ލެންސާއި މެމޮރީ ކާޑެވެ. އެއީ:އެއްވަނަ އަށް: 12،500ރ ގެ ކެނަން އިއޮސް 700ޑީ، އީއެފްއެސް 18-55 އެމްއެމްގެ ލެންސެއް، އިއޮސް ކެމެރާ ބޭގް އަދި 8ޖީބީގެ އެސްޑީ ކާޑެއް. ދެވަނަ އަށް: 9،900ރގެ ކެނަން އިއޮސް 1200ޑީ، އީއެފްއެސް 18-55 އެމްއެމްގެ ލެންސެއް، އިއޮސް ކެމެރާ ބޭގް އަދި 8ޖީބީގެ އެސްޑީ ކާޑެއް. ތިންވަނަ އަށް: 9،400ރ ޕަވަޝޮޓް ޖީ16، އިއޮސް ކެމެރާ ބޭގް އަދި 8ޖީބީގެ އެސްޑީ ކާޑެއް މި މުބާރަތްތަކުގެ އިތުރުން "ހަވީރު"ގެ ރޯދަ ކަވަރޭޖުގައި ހަވީރު ބަދިގެ އާއި ދީނީ މައުލޫމާތާއި ހާއްސަ ލިޔުންތައް ހިމަނާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ