މައުމޫނު ބޭނުންފުޅުވަނީ ފުރަތަމަ ފާރިސް އަށް “ލުއި ގޮތެއް”، އެހެން ޕާޓީތަކުން އެކަމާއި ނުރުހޭ!

އިދިކޮޅު ފަރާތްތަކުން ސަރުކާރާއި އެކު މަޝްވަރާތައް ފަށާއިރު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ފާރިސް މިނިވަން ކުރުން ހިމެނުމަށް މައުމޫނު އެދިވަޑައިގެންފިއެވެ.
އިދިކޮޅު ފަރާތްތަކުގެ މެދުގައި އެއްބަސްވެފައި ވަނީ މަޝްވަރާތަކުގައި އެމީހުންގެ ލީޑަރުންގެ މިނިވަންކުރުމާއި އަދި ލުއި ގޮތްތައް ހޯދައިދިނުމާއި ގުޅޭ މަޝްވަރާތައް އެންމެ ފުރަތަމަ ކުރުމަށެވެ.
އެހެން ނަމަވެސް ދަރިކަލުންނަށް ލުއިގޮތްތަކެއް ހޯއްދެވުމަށް ބޭނުންފުޅުވެފައިވާ މިންވަރު ބޮޑުކަމުން މައުމޫނު ވަނީ ފާރިސް އަށް ލުއިގޮތެއް ހޯދައި ދިނުން ހުރިހާ ޕާޓީތަކުން ވެސް ޝަރުތެއްގެ ގޮތުގައި ކަނޑައެޅުމަށް އެދިވަޑައިގެންފައެވެ.
“ރުމާލު2” އަށް އެނގިފައިވާ ގޮތުގައި މައުމޫނަށް ސީދާ ގޮތެއްގައި މިކަމުގައި ޖަވާބެއް އެއްވެސް ޕާޓީއަކުން ދީފައި ނުވެއެވެ. އެހެން ނަމަވެސް ކޮންމެ ޕާޓީއަކުން އެޕާޓީއެއްގެ ލީޑަރުން މިނިވަންކުރުން އަދި ލުއި ގޮތްތައް ހޯދުން އެޖެންޑާގެ ފުރަތަމަ ކަމަކަށް ހިމެނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި މައުމޫނަށް އަންގާފައިވާ ކަމަށްވެއެވެ.
މިކަމާއި ގުޅިގެން މައުމޫން ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުން ފާޅުކުރައްވާފައިވާ ކަމަށް ވެއެވެ.  ަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ