މެޑަމް ފާތުންނަށް މަރުޙަބާ ދެންނެވުމަށް އައްޑޫން ދެހާހަށްވުރެ ގިނަ ރައްޔިތުން

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން ދެހާހަށްވުރެ ގިނަ ރައްޔިތުން އެކަމަނާއަށް މަރުޙަބާ ދަންނަވައިފިއެވެ.
"އެންމެ ގާތުން" ގެ ނަމުގައި އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މެޑަމް ފާތުން ހިންގަވާ ކެމްޕެއިންގެ ދަށުން އައްޑޫ ސިޓީއަށް އެކަމަނާ ވަޑައިގެންނެވީ މިރެއެވެ.
މެޑަމް ފާތުންނަށް މަރުޙަބާ ދެންނެވުމަށް ދެ ހާހާ ގާތްކުރާ އަދަދަކަށް ރައްޔިތުން ނިކުމެފައިވާއިރު، މިދަތުރުފުޅުގައިވެސް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ،އިސްރަށްވެހިންނާ، އަންހެނުންގެ ޖަމިއްޔާތަކުގެ އިތުރުން ޕީޕީއެމްގެ ސަޕޯޓަރުންނާވެސް އެކަމަނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މެޑަމް ފާތުންނަށް މަރުޙަބާ ދެންނެވުމަށް އައްޑޫން ދެހާހަށްވުރެ ގިނަ ރައްޔިތުން
މީގެ އިތުރުން އަންނަ ހޮނިހިރު ދުވަހުގެ ރޭ އެކަމަނާ ބައިވެރިވެެވަޑައިގަންނަވާ ޙާއްސަ ޖަލްސާއެއްވެސް ހިތަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މެޑަމް ފާތުންގެ މިދަތުރުފުޅުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފުގެ އިތުރުން ބައެއް މަޖިލިސް މެމްބަރުންނާ، ސަރުކާރު ކުންފުނިތަކުގެ އެމްޑީން ބައިވެރިވެވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ