ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް އިންޑިއާއިން ގޮވާލައިފި

ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށާއި ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މެމްބަރުން ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ރޭ ކުރި އަމުރު ތަންފީޒު ކުރުމަށް އިންޑިއާ ސަރުކާރުން ގޮވާލައިފި އެވެ.
އިންޑިއާ ސަރުކާރުން މިކަމަށް ގޮވާލާފައިވަނީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒުން ނެރެފައިވާ ބަޔާނެއްގައި އެވެ.
އެ ބަޔާނުގައި އިންޑިއާއިން ބުނެފައިވަނީ ސުޕްރީމް ކޯޓުގެ އަމުރު ފެނިފައިވާކަމަށާއި އެ ހުކުމް ތަންފީޒު ކުރުމަކީ ސަރުކާރާއި ސަރުކާރުގެ މުއައްސަސާތަކަށް ލާޒިމު ކަމެއް ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމުގައި ޔަގީންކުރާ ކަމަށާއި ރާއްޖޭގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމުގައިވެސް އިންޑިއާއިން ބުނެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ