ރާއްޖޭގެ ސްޕްރީމް ކޯޓުން މިމަހުގެ 1 ވަނަ ދުވަހުގެ ރޭ ކުރި ޙުކުމް ނުވަތަ ނެރުނު އަމުރަށް މިރޭ ބަދަލު ގެނައި ނަމަވެސް އެ އަމުރަށް މިރެއާއި ހަމައަށް އަމަލު ނުކޮށް އޮތް މައްސަލަ ބެލޭނެ ދުވަހެއް އަންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އަމީން މިރޭ ވިދާޅުވީ ސްޕްރީމް ކޯޓުން މިރޭ ނިންމި ނިންމުން ނިންމީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ކޮން ހާލަތެއް ކުރިމަތިވެގެން ކަމާއިމެދު ވިސްނައިލަންޖެހޭ ކަމަށެވެ. އެގޮތުން ސަރުކާރުން ބޭނުންވާ ގޮތަކަށް ސްޕްރީމް ކޯޓުގެ އަމުރު ބަދަލުކުރަން މިހައިތަނަށް ކުރި މަސައްކަތްތައް އެންމެންނަށް ވެސް އެނގެން އެބައޮތް ކަމަށެވެ.
އަމީން ވިދާޅުވީ ސަރުކާރުގެ އިސްވެރިން އަމިއްލަފުޅަށް އެގެންދަވަނީ އެކަންކަން ވިދާޅުވަމުން ކަމަށެވެ. އެހެންކަމުން އެކަމުގައި އެއްވެސް އޮޅުމެއް މިހާރު ނެތް ކަމަށެވެ. "ރައީސް ޔާމީން ވެސް މިއަދު ވަނީ އެކަންކަން ވަރަށް ރަނގަޅަށް ވިދާޅުވެދެއްވައިފަ."
އަމީން ވިދާޅުވީ ކަމެއްގައި ސަރުކާރުގެ ޕްރެޝަރު ވަރަށްވުރެ ބޮޑުވުމުން ކަންކަން ކުރަން ތިބޭ މީހުންނަށް ތަކްލީފް ބޮޑުވެ ކެތް ނުކުރެވުމުން ކަންކަމަށް ބަދަލު ގެންނާނެ ކަމަށާއި ރާއްޖެއިން މިއަދު ފެންނަމުން މިދަނީ އެފަދަ ކަންކަން ކަމަށެވެ.
އަމީން ވިދާޅުވީ ސްޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާޤުން ނިންމާފައިވާ ނިންމުމަކަށް 3 ފަނޑިޔާރުންގެ ބެންޗަކުން ބަދަލު ގެނެސްފައިވާއިރު އަނެއް 2 ފަނޑިޔާރުން ކޮބައިކަމާއިމެދުވެސް ވަނީ ސުވާލު އުފެދިފައި ކަމަށެވެ. އެހެންކަމުން އެ ހާލަތަށް ވިސްނައިލުމުން ވެސް ކަންކަން ބަދަލުވަމުން އަންނަ ސަބަބުތައް އެނގިގެންދާނެ ކަމަށެވެ.
ސްޕްރީމް ކޯޓުގެ އަމުރަށް މިރޭ ގެނައި ބަދަލަށް ސަރުކާރުން ވަނީ މަރުޙަބާ ކިޔައިފައެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމް މި ރެއާހަމައަށް ތައްފީޒު ނުކޮށް އޮތް އޮތުން ބެލޭނެ: އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ