ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ރަޝީއާގެ ރައީސް ލަޑިމިއާ ޕުޓިންއާއި ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ރަޝީއާގެ ރައީސް ލަޑިމިއާ ޕުޓިންއާއި ބައްދަލު ކުރައްވައިފިއެވެރަޝީއާގައި މިހާރު ކުރިޔަށްދާ އިންޓަރ ޕާލިމަންޓްރީ ޔޫނިއަންގެ 137 ވަނަ ބައްދަލުވުމުގެ ބައިވެރިވަޑައިގަތުމަށް މިހާރު ރަޝީއާގައި ހުންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މުހައްމަދު ރަޝިއާގެ ރައީސް ލަޑިމިއަރ ޕުޓިން އާއި ބައްދަލު ކުރައްވާފައިވަނީ އިންޓަރ ޕާލިމަންޓްރީ ޔޫނިއަންގެ އެސެމްބްލީގެ ހަވާސާގެ ތެރެއިނެވެ. އެކި ޤައުމުތަކުން އަޑިހަ ދެއަކަށްވުރެ ގިނަ މަޖިލީހުގެ ރައީސުން ހާޒިރުވި އިންޓަރ ޕާލިމަންޓްރީ ޔޫނިއަންގެ އެސްމްބްލީ އިފްތިތާޙްކޮށްދެއްވާ ފުޓިންވަނީ ބައެއް މަޖިލީހުގެ ރައީސުންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ބައްދަލުކުރެއްވުމަށްފަހު ރަޝީއާގެ ރައީސް ވަނީ ދިވެހި ރާޢްޖޭގެ ރައްޔީތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ. އަދި މަޖިލީހުގެ ރައީސްއާއި ބައްދަލުވި ކަމަށްޓަކައި އުފާކުރައްވާކަމަށް ޕޫޓިން ވިދާޅުވެފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއެކު އިންޓަރ ޕާލިމަންޓްރީ ޔޫނިއަންއަށް ވަނީ އެމްޑީއޭގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރ އަލީ މައުރޫފްއާއި ޕީޕީއެމް ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރ އަހްމަދު ނިހާން ހުސައިން މަނިކްގެ އިތުރުން، މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު، މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު، ބައިވެރިވެވަޑައިގަންނަވާފަވެއެވެ. މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު އަކީ ޔަންގް ޕާލިމަންޓްގެ ބޯޑްގެ މެމްބަރެކެވެ. އެގޮތުން ފޯރަމް އޮފް ދަ ޔަނގް ޕާލިމަންޓްގައި މެމްބަރު ރިފާއު ރާއްޖޭ ތަމްސީލް ކޮށްފައިވެއެވެ. ރަޝިއާގައި މިހާރު ކުރިޔަށްދާ އައިޕީއޫގެ އެސެމްބްލީ ރަސްމީކޮށް ފައްޓަވައިދެއްވީ ރަޝީއާގެ ރައީސް ލަޑިމިއަރ ޕުޓިންނެވެ. މި ބައްދަލުވުން އަންނަ ބުދަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ. 
މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު އަކީ ޔަންގް ޕާލިމަންޓްގެ ބޯޑްގައި
ލަޔާލް މަނިކް
މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
×
އެންމެ ފަހުގެ
އެންމެ މަގްބޫލު
ދިވެހި ދައުލަތުން ކުޑައިރު ކޮޅެއްގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ބައްދަލު ކުރައްވާނެ
1 ގަޑި ކުރިން
ޖަނަވަރީ ޓްރާންސްފަގައި 430 މިލިއަން ޕައުންޑް!
4 ގަޑި ކުރިން
ޤައުމީ ޔުނިވަސިޓީގެ ނާސިން ސްކޫލް އިފްތިތާހް ކޮށްފި
6 ގަޑި ކުރިން
'އޯ' ލެވެލް ނަތީޖާގެ ކާމިޔާބީ ފާހަގަ ކުރުމަށް ޚާއްސަ ޙަރަކާތްތަކެއް ބާއްވައިފި
6 ގަޑި ކުރިން
ބީއެމްއެލްގެ އަހަރެންގެ ބޭންކް ކެމްޕޭން ރަސްމީކޮށް ފަށައިފި
8 ގަޑި ކުރިން
އިންތިޚާބުގައި ބަލިވާނެކަން އެނގޭތީ ވެރިކަން ވައްޓާލަން އުޅުން
8 ގަޑި ކުރިން
އިންތިޚާބުގައި ބަލިވާނެކަން އެނގޭތީ ވެރިކަން ވައްޓާލަން އުޅުން
8 ގަޑި ކުރިން
ސިނާންއާއި އިލްހާމް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި
15 ގަޑި ކުރިން
'އޯ' ލެވެލް ނަތީޖާގެ ކާމިޔާބީ ފާހަގަ ކުރުމަށް ޚާއްސަ ޙަރަކާތްތަކެއް ބާއްވައިފި
6 ގަޑި ކުރިން
ދިވެހި ދައުލަތުން ކުޑައިރު ކޮޅެއްގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ބައްދަލު ކުރައްވާނެ
1 ގަޑި ކުރިން
މަތީ ސާނަވީ އިމްތިހާނުގެ ނަތީޖާ އިދިކޮޅު އެމްޑީޕީއަށް ހަޖަމެއް ނުވި!
13 ގަޑި ކުރިން
އީޔޫއިން ފަލަސްތީނުގެ ދައުލަތް ޤާއިމް ކުރުމަށް އެހީތެރިވަނީ
15 ގަޑި ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ