ފެނަކައިންވެސް ކަރަންޓް ބިލުން 40 އިންސަައްތަ ޑިސްކައުންޓް ދެނީ

ޖޫން މަހުގެ ކަރަންޓް ބިލްތަކުން 40 އިންސައްތަ ޑިސްކައުންޓް ފެނަކައިގެ ކަސްޓަމަރުންނަށްވެސް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
ޖޫން މަހުގެ ކަރަންޓް ބިލް ބޮޑުވެގެން އެތައް ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. މިކަމާއި ގުޅިގެން އެންމެ ފުރަތަމަ ކަރަންޓް ބިލުން 40 އިންސައްތަ ޑިސްކައުންޓެއް ދިނީ ސްޓެލްކޯއިންނެވެ.
ސަރުކާރުގެ މަޝްްވަރާއާ އެއްގޮތަށް ރާއްޖޭގައި ކަރަންޓް ފޯރުކޮށްދޭ ސްޓެލްކޯއިންނާއި، ފެނަކައިންވެސް ޖޫން މަހުގެ ކަރަންޓް ބިލުން، 40 އިންސައްތަ ޑިސްކައުންޓް ދޭން ނިންމިއިރު، ކޮވިޑް-19 އާ ގުޅިގެން މިދިޔަ އޭޕްރިލް އަދި މެއި މަހުވެސް ކަރަންޓް ބިލުން 40 އިންސައްތަ ކަނޑާދީފައި ވެއެވެ.
އެހެންކަމުން މި ޑިސްކައުންޓް ރޭޓުގައި މި ދެ ކުންފުނިންވެސް ގޭތަކަށް އަލުން ބިލް ފޮނުވާނެއެވެ.
ކަރަންޓް ބިލް ބޮޑުވި މައްސަލަ ހޫނުވެފައި ވަނީ އެހެން މަސް މަހާއި ހިލާފަށް،ބޮޑުކޮށް ބިލްކޮށްފައި އޮތުމުންނެެވެ. އެކަމާއި ސްޓެލްކޯއިން ބުނަނީ، ކަރަންޓް ބިލް ހަދަން މީޓަރު ނަމްބަރު ފޮނުވަން ބުނުމުން މެއި މަހު 80 އިންސައްތަ މީހުން ނުފޮނުވާ ކަމަށެވެ. އެހެންވެ ބިލް ހެދީ ތިން މަހުގެ ކަރަންޓް ބިލް ބޮޑުވި މިނަށް ބަލާފައި އެވްރޭޖްކޮށް ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ކަރަންޓް ބިލް ބޮޑުވި މައްސަލަ މިހާރު ވަނީ މަޖިލީހަށްވެސް ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ