12 ކައުންސިލެއްގެ ހުވާކުރުން ފަސްކުރަން ހައި ކޯޓުން އަމުރުކޮށްފި

ބާރަ ކައުންސިލަކަށް އިންތިޚާބުކޮށްފައިވާ މީހުން ހުވާކުރުން ފަސްކުރަން ހައި ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅޭގޮތުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ވަކި ގޮތެއް ކަނޑައަޅަން ދެން ނުވަތަ ހުކުމެއް ކުރަންދެން ހުވާކުރުން ފަސްކުރުމަށް ހޯމް މިނިސްޓްރީ އަށް އަމުރުކުރި ކައުންސިލްތައް:
.1 ހދ. ނޮޅިވަރަންފަރު ކައުންސިލް
.2 ހދ. އަތޮޅު ކައުންސިލް، ނޮޅިވަރަމް ދާއިރާ
.3 ނ. މިލަދޫ ކައުންސިލް
.4 ރ. މަޑުއްވަރީ ކައުންސިލް
.5 ރ. އަތޮޅު ކައުންސިލް، މަޑުއްވަރީ ދާއިރާ
.6 ގދ. ފަރެސްމާތޮޑާ ކައުންސިލް
.7 ގދ. އަތޮޅު ކައުންސިލް، ފަރެސްމާތޮޑާ ދާއިރާ
.8 އދ. ދަނގެތީ ކައުންސިލް
.9 އއ. މަތިވެރި ކައުންސިލް
.10 އއ. އަތޮޅު ކައުންސިލް، މަތިވެރި ދާއިރާ
.11 ލ. ދަނބިދޫ ކައުންސިލް
.12 ލ. އަތޮޅު ކައުންސިލް، އިސްދޫ ދާއިރާ
ކައުންސިލަރުން ހުވާކުރުން އޮންނާނީ ހޮނިހިރުދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ