ޤަވާއިދާ ޚިލާފަށް ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވެގެން އުޅެމުންދާ އިޒްރާއިލުގެ ރައްޔިތުންތަކެއް، ފަލަސްތީނުގެ ދަނޑުބިންތަކުން ގިނަ އަދަދެއްގެ ޒައިތޫނި ވަގަށްނަގަމުންދާކަމަށް ފަލަސްތީނުގެ ރައްޔިތުން ބުނެފިއެވެ.
ހުޅަނގު އައްސޭރީގެ އުތުރުގައި ހުންނަ މި ދަނޑުބިންތަކުން ގިނަ އަދަދެއްގެ ޒައިތޫނިތަކެއް ވަގަށްނަގާފައިވާއިރު، މިއީ 400 ގަހުގެ ޒައިތޫނިކަމަށްވެސް އެ ފަރާތްތަކުން މީޑިޔާތަކަކަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
ހުޅަނގު އައްސޭރީގައި ފަލަސްތީނު ރައްޔިތުންގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތްކުރަމުންދާ މީހަކު، މީޑިޔާއަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް، ގިނަ އަދަދެއްގެ ޒައިތޫނު ވަގަށް ބިނދެފައިވާކަން އިނގިފައިވަނީ، ގިނަ ދުވަސްތަކަކަށް ދަނޑުތަކަށް ވަނުން އިޒްރާއިލުގެ އަނިޔާވެރި ސަރުކާރުން މަނާކޮށްފައިއޮތުމަށްފަހު، އަލުން އެ ދަނޑުތަކަށް ވަނުމުންކަމަށެވެ.
ވަގަށް ނަގާފައިވާ ޒައިތޫނިތަކުގެ ބަދަލު ހޯދުމަށް މި ދަނޑުތަކުގެ މަސްއޫލުވެރި ފަލަސްތީނުގެ ރައްޔިތުން ގޮވާލާފައިވާއިރު، ޒައިތޫނި ހެއްދުމަކީ އެ ސަރަޙައްދެ ރައްޔިތުންނަށް ތާރީޚީ ގޮތުންނާއި އިޤުތިޞާދީގޮތުން ވަރަށް ޙާއްސަ ހަރަކާތެކެވެ.
އެހެންނަމަވެސް، އިޒްރާއިލު ސަރުކާރުގެ އަނިޔާވެރި އިސްތިއުމާރުގެ ސަބަބުން، ހުޅަނގު އައްސޭރީގެ އުތުރުގެ އަވަށަކަށް ނިސްބަތްވާ މި ފަރާތްތަކަށް، މިކަމުން އެދެވޭ މަންފާއެއް ހާޞިލުކުރުމަށްވަނީ ދަތިވެފައެވެ.
އިޒްރާއިލު ރައްޔިތުން، ފަލަސްތީނު ރައްޔިތުންގެ ޒައިތޫނި ދަނޑުތަކުން ވައްކަންކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ