ލޭގެ ކެންސަރު ޖެހިފައިވާ އުމުރުން 14 އަހަރުގެ ކުއްޖެއް ކަމަށްވާ ޒަހާ ޒަރީރުގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ބޭނުންވާ ފައިސާ ހަމަކުރުމަށްޓަކައި ވަގުތު އެހީ އިން ހާއްސަ ކެމްޕޭނެއް ފަށަން ނިންމައިފިއެވެ.
ޒަހާގެ ކެންސަރު ބަލި ރަނގަޅު ކުރުމަށް މިހާރު އޮތް ހަމައެކަނި ގޮތަކީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުންކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. ޒަހާ އަށް މިހާރު އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާއިރު އާސަންދަ އިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ ކަން އަދި ކަށަވަރެއް ނުވެއެވެ.
ޒަހާގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެކަނިވެސް 750000 (ހަތްލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާ ވަރު ޚަރަދު ވާނެ ކަމަށް ބެލެވެއެވެ. އަދި އިންޑިއާގައި ކުރަން ޖެހޭ އިތުރު ޚަރަދުތަކަށް ވެސް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާނެއެވެ. ޒަހާގެ އާއިލާގައި އެފަދަ ބޮޑު ޚަރަދެއް ކުރެވޭނެ މާލީ ތަނަވަސްކަމެއް ނެތެވެ.
ވަގުތުގައި ޒަހާގެ މައުލޫމާތު ގެނެސްދޭން ފެށިފަހުން ރެއާއި ހަމައަށް ޒަހާގެ މަންމަގެ ބޭންކް އެކައުންޓަށް ޖަމާވެފައި ވަނީ 65000 (ފަސްދޮޅަސް ފަސްހާސް ރުފިޔާ) އެވެ.
ޒަހާގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި ބޭނުންވާ ފައިސާ ހަމަކުރުމަށް ވަގުތު އެހީ އިން ފަށާ ކެމްޕޭނުގައި ތަފާތު ހަރަކާތްތައް ހިންގުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި ފުރަތަމަ މަސައްކަތެއްގެ ގޮތުން ކުރިއަށް ގެންދާނީ ކަޕް ކޭކް ވިއްކުމުގެ މަސައްކަތެވެ. މިހަރަކާތްތައް މިއަދު ހަވީރު މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާނެއެވެ.
ޒަހާ އަށް އެހީ ހޯދުމަށްޓަކައި ވަގުތު އެހީ އިން ކުރިއަށް ގެންދާ ހަރަކާތުގައި ވޮލެންޓިއަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ ވަގުތުގެ ނަމްބަރު 7907173 އަށެވެ. އަދި ޒަހާ އަށް އެހީ ހޯދުމަށްޓަކައި އަތޮޅުތެރޭގެ ރަށްރަށުގައި ވަގުތު އެހީ އާއި ގުޅިގެން އެއްވެސް ހަރަކާތެއް ހިންގަވަން ބޭނުންފުޅުވާ ފަރާތްތަކުން ވެސް ގުޅުއްވާނީ 7907173 ނަމްބަރު ފޯނަށެވެ.
ޒަހާގެ ބޯންމެރޯ ހަދަން ބޭނުންވާ ފައިސާ ހަމަކުރަން ވަގުތު އެހީ އިން ކެމްޕޭނެއް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ