އުމްރާއަށް މީހުން ގެންދިޔުމަށް ފައިސާ ނެގުމަށް ފަހު، އުމްރާއަށް ގެންދަން ދެކޮޅު ހެދި މައްސަލާގައި އަސްކޮއި ގުރޫޕު ޖޫރިމަނާކޮށް، އެ ގްރޫޕުގެ އެއްވެސް ހިއްސާދާރެއް ހިމެނޭ ކުންފުންޏަކަށް އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނުދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އަސްކޮއި ގުރޫޕަކީ މީހުން އުމްރާއަށް ގެންދިޔުމުގައި މީގެ ކުރިން ވެސް ގިނަ މައްސަލަތަކެއް ދިމާވެފައިވާ ގުރޫޕެކެވެ. އޭގެ ތެރޭގައި ފައިސާ ނެގުމަށް ފަހު އެންމެ ފަހު ވަގުތު އުމްރާއަށް ގެންދިޔުން ކެންސަލްކޮށްފައި ވެސްވެ އެވެ.
އަސްކޮއި ގުރޫޕު ހިމެނޭ މައްސަލަތައް:
2016 ވަނަ އަހަރު އެ ގުރޫޕުން އުމްރާއަށް ފުރަން ދިޔަ ބަޔަކު އެއާޕޯޓުގައި ތާށިވި؛ އެ ފަަހަރު، 38 މީހަކަށް ވިސާ ނުލިބިގެން ފުރޭ ގޮތެއް ނުވި އަދި އެ މީހުންނަށް ފުރޭ ގޮތްވީ މާ ފަހުން
2018 ވަނަ އަހަރު ވަގު ޓިކެޓްތަކެއް ވިއްކައިގެން އަސްކޮއި ގުރޫޕުގެ 168 އުމްރާވެރިންނަށް ފުރޭ ގޮތެއް ނުވި؛ އެ ގުރޫޕުން ފަހުން ބުނި ގޮތުގައި، ޓިކެޓް ގަންނަން ހަވާލުކުރި ކުންފުނި އެ މީހުންނަށް އޮޅުވާލީ
މިދިޔަ ރޯދަ މަހު ވެސް މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު، ދަތުރު ކެންސަލް ކުރި ކަމަށް ބުނެ މީހުންނަށް ލަނޑުދިން؛ އެ ފަހަރު 130،000ރ. އިން އެ ގުރޫޕު ޖޫރިމަނާ ކުރި
މި މަހުގެ 24ގައި އުމްރާއަށް ފުރަން އެންގުމަށް ފަހު ފަހު ވަގުތު އުމްރާ ދަތުރު ފަސްކުރި ކަމަށް އަންގައި އުމްރާއަށް ދާން މީހުން ދެއްކި ފައިސާ އާއި ޕާސްޕޯޓު ފަދަ ލިޔުންތައް ހަވާލުކުރަން ދެކޮޅު ހަދާފައިވޭ؛ އެ ގްރޫޕުގެ ވެރިންނާ ގުޅަން އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވޭ
ތަފްސީލް - އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަސްކޮއި ގުރޫޕުން އުމްރާ ދަތުރު ފަސްކުރީ، ސައުދީ އަރަބިއްޔާއަށް ދަތުރުކުރުން ރައްކާތެރި ނޫން ކަމަށާއި ގަލްފުގެ ނުރައްކާތެރިކަން ރަނގަޅުވުމުން ދަތުރު ކުރަން ކުންފުނިން ބޭނުންވާ ކަމަށް ބުނެ ކަމަށެވެ.
އެެގޮތަށް އެންގުމުން އެ ގްރޫޕުން ދަތުރު ކުރަން ފައިސާ ދެއްކި މީހުން ވަނީ މިނިސްޓްރީއަށް މައްސަލަ ހުށަހަޅާފައި
ފައިސާ ދެއްކި މީހުން އެ މީހުންގެ ފައިސާ އާއި ޕާސްޕޯޓު ހޯދުމަށް ކުންފުނީގެ އިސްވެރިޔާއަށް ގުޅި ނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވޭ
ކުންފުނީގެ އިސްވެރިޔާއަށް ރަސްމީ ގޮތުން މިނިސްޓްރީން ކުރި އެއްވެސް މުއާމަލާތަކަށް ވެސް ޖަވާބު ދީފައެއް ނުވޭ
އެ މައްސަލާގައި މިނިސްޓްރީން އަސްކޮއި ގުރޫޕަށް ފޮނުވި ސިޓީއަށް ވެސް އެ ކުންފުނިން ޖަވާބެއް ނުދޭ
ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ އުސޫލާ އަސްކޮއި ގްރޫޕުން ހިލާފުވެފައިވާތީ އެ ކުންފުނި ޖޫރިމަނާކޮށް، އިތުރު ފިޔަވަޅުތައް ވެސް ވަނީ އަޅައިފަ އެވެ.
އެ ފިޔަވަޅުތަކަކީ:
ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމަށް އެ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން
ކުންފުނި ޖޫރިމަނާ ކުރުން
އަސްކޮއި ޓްރެވަލް ސާވިސް ލިމިޓެޑް އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ ކުންފުންޏަކަށް ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމުގެ ހުއްދަ ނުދިނުން
މި މަހުގެ އުމްރާއަށް ދުރާލާ ފައިސާ ދައްކާފައިވާ މީހުންގެ ރިފަންޑު އަނބުރާ ހަވާލުކުރުމަށް އެންގުން
މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހަށް ހުށަހެޅުން
ފާހަގަ ކުރެވޭ - އުމްރާއަށް ގެންދާނެ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގައި އަސްކޮއި ގުރޫޕުން ލަނޑުދީފައިވާ ނަމަ، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް އެކަން އެންގުމަށް ފުލުހުން ވެސް ވަނީ އެދިފަ އެވެ.
އަސްކޮއިގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކަށް އުމްރާ ހުއްދަ ނުދޭން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ