މަރަޑޯނާ އަތުން ގޯލު ޖެހި ބޯޅަ ވިއްކާލީ އެ މެޗުގެ ރެފްރީ؛ އަގަކީ 2.4 މިލިއަން ޑޮލަރު! މަރަޑޯނާ އަތުން ގޯލު ޖެހި ބޯޅަ ވިއްކާލީ އެ މެޗުގެ ރެފްރީ؛ އަގަކީ 2.4 މިލިއަން ޑޮލަރު!

ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި، އެންމެ މައްސަލަ ބޮޑުވި އެއް ކަމަކީ، 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އިންގްލެންޑް ކޮޅަށް އާޖެންޓީނާގެ ލެޖެންޑް، ޑިއޭގޯ މަރަޑޯނާ އަތުން ބޯޅަ ގޯލަށް ވައްދާލައި ކާމިޔާބުކުރި ގޯލުގެ އެވެ.
އެ މެޗުގެ ރެފްރީ އަކަށް ހުރި ޓިއުނީޝިއާގެ ބިން ނާސިރު، އޭރިއާގެ ކުޑަތަންކޮޅެއް ބޭރުގައި ހުރިއިރު، އޭނާ އަށް މަރަޑޯނާ އަތުގައި ޖެހިފައި އިނގިރޭސި ކީޕަރު ޕީޓަ ޝިލްޓަން ކައިރިން ގޯލަށް ބޯޅަ ވަން މަންޒަރު ނުފެނެ އެވެ. އެހެންވެ، ބިން ނާސިރު ނިންމީ އެއީ ގޯލެއް ކަމަށެވެ.
"ހޭންޑް އޮފް ގޯޑް" ގެ ނަމުން މަޝްހޫރުކޮށްފައިވާ އެ ގޯލުގެ ވާހަަކަ ގިނަ އަހަރުތަކެއް ވަންދެން ދެކެވެމުން އަންނައިރު، އެ ގޯލު ޖެހި ބޯޅަ މެޗަށް ފަހު ލިބުނީ ބިން ނާސިރު އަށެވެ. މެޗަށް ފަހު، އެ ބޯޅަ ހިފައިގެން ބިން ނާސިރު ގާތަށް އައީ ވެސް މަރަޑޯނާ އެވެ. ބިން ނާސިރު ވަނީ، 36 އަހަރު ވަންދެން އޭނާ އަތުގައި އެ ބޯޅަ ބާއްވައިފަ އެވެ.
އެކަމަކު، އޭނާގެ މާލީ ހާލަތު ހުރި ގޮތުންނާއި ތަފާތު އެކި އަމިއްލަ ސަބަބުތަކާ ހުރެ، ބިން ނާސިރު ވަނީ، 2022 ވަނަ އަހަރު ނީލަމެއްގައި އެ ބޯޅަ ވިއްކާލައިފަ އެވެ. އެ ބޯޅަ ވިއްކާލެވުނު އަގަކީ، 2.4 މިލިއަން ޑޮލަރަށެވެ. މިއީ، މިހާތަނަށް ފުޓްބޯޅައިގެ ބޯޅައެއް ވިކުނު އެންމެ އަގުބޮޑު ނީލަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ