ޑީއާރުޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިހުގެ ސ. ފޭދޫ ދާއިރާގެ މެމްބަރު ކަމަށް ވަޑައިގެންނެވި އަލްހާން ފަހުމީ އާއި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކެބިނެޓްގެ ގިނަ މަގާމްތަކެއް ފުރައްވާފައިވާ ކުރީގެ މަޖިލިސް މެމްބަރު އަހުމަދު އަބްދުﷲ ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް މިރޭ ސޮއި ކުރައްވައިފި އެވެ.
އާޓިފިޝަލް ބީޗުގައި، ބޯކޮށް ވެހެމުން ދިޔަ ވާރޭ ތެރޭގައި ބޭއްވި އެމްޑީޕީގެ ކުލަގަދަ ޖަލްސާއެއްގައި މަޖިލިހުގެ ހދ. ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވެސް ވަނީ އެ ޕާޓީ އަށް ސޮއި ކުރައްވާފަ އެވެ.
ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ ރައީސް ނަޝީދުގެ އަނެއް ދިވެހިރާއްޖޭގެ ތަސައްވުރަކީ ހަގީގީ ތަސައްވުރެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕާ އަލަށް ގުޅިވަޑައިގެންނެވި އަލްހާނަށާއި ޣަފޫރަށް އެ ގްރޫޕްގެ ލީޑަރު ރީކޯ މޫސާ މަނިކު ޝުކުރު އަދާ ކުރެއްވި އެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި އެ މަނިކުފާނުގެ ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން އާ ކުރެއްވި އެވެ.
38: 22 - ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ރައީސް ނަޝީދުގެ ވާހަކަފުޅުގައި ތަކުރާރު ކުރައްވައިފި އެވެ. އަދި ހާއްސަ ދުއާއަކަށް ފަހު، "ގުލްޒާރުގައި ނަޔާ މަގޭ..." ލަވަޔާ އެކު ޖަލްސާ ނިންމާލައިފި އެވެ.
10: 22 - އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕާ މިރޭ ގުޅިވަޑައިގެންނެވި އަލްހާނަށާއި ޣަފޫރަށް އެ ގްރޫޕްގެ ލީޑަރު ރީކޯ މޫސާ މަނިކު ޝުކުރު އަދާ ކުރައްވައިފި އެވެ.
45: 21 - ބޯކޮށް ވެހެމުންދާ ވާރޭ ތެރޭގައި ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ ރައީސް ނަޝީދުގެ އަނެއް ދިވެހިރާއްޖޭގެ ތަސައްވުރަކީ ހަގީގީ ތަސައްވުރެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
49: 21 - ޑީއާރުޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިހުގެ ސ. ފޭދޫ ދާއިރާގެ މެމްބަރު ކަމަށް ވަޑައިގެންނެވި އަލްހާން ފަހުމީ އާއި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކެބިނެޓްގެ ގިނަ މަގާމްތަކެއް ފުރައްވާފައިވާ ކުރީގެ މަޖިލިސް މެމްބަރު އަހުމަދު އަބްދުﷲ ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ދެންމެ ސޮއި ކުރައްވައިފި އެވެ.
އާޓިފިޝަލް ބީޗުގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ކުލަގަދަ ޖަލްސާއެއްގައި މަޖިލިހުގެ ހދ. ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވެސް ވަނީ އެ ޕާޓީ އަށް ސޮއި ކުރައްވާފަ އެވެ.
މި ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
28: 21 - ރައްޔިތުންގެ މަޖިލިހުގެ ސ. ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ އާއި ކުރީގެ އެނާޖީ މިނިސްޓަރު އަހުމަދު އަބްދުﷲ ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް މިރޭ ސޮއި ކުރައްވާނެކަން އެ ޕާޓީން ދެންމެ އިއުލާން ކޮށްފި އެވެ.
އާޓިފިޝަލް ބީޗުގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ޖަލްސާއެއްގައި އެ ޕާޓީން ބުނިގޮތުގައި މަޖިލިހުގެ ހދ. ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވެސް މި ރޭ އެ ޕާޓީ އަށް ސޮއި ކުރައްވާނެ އެވެ.
އަލްހާނާއި އަހުމަދު އަބްދުﷲ އެމްޑީޕީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ