ލ. ގަމުގެ ތުނޑީ އަވަށުގައި ކަރަންޓު ކެނޑިގެން އެ ރަށުގެ ބަޔަކު މުޒާހަރާ ކުރަން ފަށައިފި އެވެ.
ގަމުގެ ތުނޑީ އަވަށުން ވީ އޮންލައިނަށް މައުލޫމާތު ދިން ބައެއް މީހުން ބުނީ މިއަދު ހެނދުނުން ފެށިގެން ކަރަންޓް ގޮސްފައިވާ ކަމަށާއި އަވަށުގެ ބޮޑު ބަޔަކު ކަރަންޓު ގޮސްފައިވާ ކަމަށެވެ. މުޒާހަރާއެއް ކުރަން ބަޔަކު ނުކުތީ ކަރަންޓުގެ މައްސަލަ ހައްލު ނުވުމުން ކަމަށެވެ.
މުޒާހަރާ މިވަގުތު ތުނޑީ އަވަށުގައި ކުރިޔަށް އެބަދެ އެވެ. މުޒާހަރާ ކުރާ މީހުން އެދެނީ މިރެއިން މިރެއަށް ވެސް ކަރަންޓްގެ މައްސަލަ ހައްލު ކޮށްދިނުމަށެވެ. އެހެން ނޫންނަމަ މުޒާހަރާ ވަރުގަދަ ކުރާނެ ކަމަށް ވެސް އެމީހުން ދަނީ ބުނަމުންނެވެ. މި މުޒާހަރާގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގަ އެވެ.
ކަރަންޓް ކެނޑުމުން މުޒާހަރާއެއް ފަށާފައިވާއިރު ފެނަކަ ކޯޕަރޭޝަނުން ބުނީ ތުނޑީ އަވަށުގެ ކަރަންޓަށް ހައްލެއް ހޯދައިދޭން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ހައްލު ކުރަން އިތުރު ޖަނަރޭޓަރެއް ވެސް މިހާރު ގެންގޮސްފައިވާ ކަމަށެވެ.
ކަރަންޓު ކެނޑުމުން ތުނޑީ އަވަށުގައި މުޒާހަރާ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ