މޫސުން ގޯސްވުމުން "ދަ ކޯލް" ދަރުސް އިސްލާމީ މަރުކަޒުގައި ބާއްވަން ނިންމައިފި

ޖަމިއްޔަތުއް ސަލަފުގެ ފަރާތުން "ދަ ކޯލް"ގެ ނަމުގައި މިރޭ ބާއްވަން ހަމަޖެހިފައިވާ ދީނީ ދަރުސް މޫސުން ގޯސްވުމާ ގުޅިގެން އެ ދަރުސް ބާއްވާ ތަނާއި ވަގުތު ބަދަލުކޮށްފި އެވެ.
މި ދަރުސް ކުރިން ބޭއްވުމަށް ހަމަޖެއްސީ ކާނިވާ ސަރަހައްދުގަ އެވެ. ނަމވެސް މޫސުން ގޯސްްވުމުގެ ސަބަބުން މިދަރުސް މިހާރު ބާއްވަން ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގަ އެވެ. އަދި ދަރުސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ އިޝާނަމާދަށް ފަހު 07:30 ގައެވެ.
މި ދަރުސް މިރޭ ވީޓީވީން ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ޖަމިއްޔަތުއްސަލަފުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދަ ކޯލްގައި ދަރުސްގައި، ދަރުސް ދެއްވުމަށް ޑރ. ބިލާލް ފިލިޕްސް މިއަދު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
ދަ ކޯލް މިފަހަރު މާލޭގެ އިތުރުން އައްޑުއާއި ފުވައްމުލަކާއި، ވިލިމާލެއާއި ހުޅުމާލޭގައި ވެސް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ