ޕީޕީއެމްގެ ބާރުތައް ހޯދަން މައުމޫން ސިވިލް ކޯޓަށް

ޕީޕީއެމް ހިންގުމުގެ ބާރުތައް އަނބުރާ ހޯއްދަވަން ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސިވިލް ކޯޓަށް މައްސަލަ ވަނީ ހުށަހަޅާފައެވެ.
ނަމަވެސް މި މައްސަލަ ހުށަހެޅުއްވި އިރު ކޯޓުތަކުން ވަނީ ޕީޕީއެމް ރައީސް ޔާމީނަށް ހަވާލުކޮށްފައެވެ.
ރައީސް މައުމޫން ފެކްޝަނުން ބުނިގޮތުގައި ޕީޕީއެމްއާ އެ މައްސަލަ ރައީސް މައުމޫން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެ ދައުވާ އެދިފައި ވާނީ ޕާޓީ ހިންގުމުގެ ބާރުތައް ޕީޕީއެމްގެ މުސްތަޝާރާ ހަވާލުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުމަށެވެ.
ޕީޕީއެމް ހިންގުމުގެ ބާރުތައް ރައީސް ޔާމީންއާ ހަވާލުކޮށްފައި ވަނީ ވެސް ޕީޖީ ގްރޫޕުގެ ދެ މެންބަރުން ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ. އަދި ސިވިލް ކޯޓުން މި ކަމަށް ތާއިދު ކުރައްވާފައިވާއިރު އެ ނިންމުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ