އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ހުރިހާ ރައްޔިތުންނަށް ބާއްވާ ފުރަތަމަ މާހެފުން މިއަދު ހަވީރު 00؛4 ގައި ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދާނެ ކަމަށާއި މި މާހެފުމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ އަނބިކަނބަލުން މަހާރަނި ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ކާއްޓާއި ކަދުރާއި މަހާއި ފެން ފަދަ ތަކެތި އިސްލާމިކް މިނިސްޓްރީން ދީގެން ބާއްވާ މި މާހެފުމަށް އެމީހަކު އެ އާއިލާއަކުން އަމިއްލައަށް ތަކެތި ތައްޔާރުކޮށްގެން ގެންދިއުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލައިފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިމާހެފުމުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ވީހައި ގިނަ ބައަކު ބައިވެރިވުމަށް އެދޭކަމަށެވެ. އަދި މިފަދަ "ބޮޑު" މާހެފުމެއް ބޭއްވުމުގެ ބޭނުމަކީ ވީހައި ގިނަ ބައަކު އެއްތަނަކަށް އެއްވެ ހިތްހެޔޮކަމާއިއެކު ބައްދަލުކޮށް ރަޙްމަތްތެރިކަމުގެ ގުޅުން ބަދަހި ކުރުމުގެ ފުރުޞަތު ހޯދައި ދިނުން ކަމަށެވެ.
ސަރުކާރުގެ ބައެއް މިނިސްޓްރީތަކާއި ކުންފުނިތަކާއި މުއައްސަސާތަކުގައި ބާއްވަމުން ގެންދާ މާހެފުންތަކަށް އިސްލާމީ މިނިސްޓްރީން ގެންދަވަނީ ދީނީ އިލްމުވެރިން ފޮނުއްވައި ދަރުސް ދެއްވަމުންނެވެ. މިއީ ވެސް އިސްލާމިކް މިނިސްތްރީން އަލަށް ކުރައްވަން ފެށްޓެވި ކަމެވެ.
އިސްލާމިކް މިނިސްޓްރީން ރައްޔިތުންނަށް ބާއްވާ ފުރަތަމަ މާހެފުން މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ