ރައީސް ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި، ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު، ދޫނިދޫ ޖަލުގައި ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމާ ބައްދަލުކުރެއްވި ކަމަށް، މައުމޫނުގެ ވަކީލު ވިދާޅުވެއްޖެ އެވެ.
ދަޕްރެސް އަށް މައުލޫމާތު ދެއްވަމުން މައުމޫން ހަމީދު ވިދާޅުވީ، އިއްޔެގެ ވަގުތެއްގައި ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި، ޑިފެންސް މިިނިސްޓަރ އާދަމް ޝަރީފު އުމަރު، ރައީސް މައުމޫނާއި ބައްދަލުކުރައްވާފައި ވަނީ، އެމަނިކުފާނުގެ ހާލުކޮޅު ބައްލަވާލެއްވުމަށް ކަމަށެވެ. މައުމޫން ހަމީދު ވިދާޅުވީ، ކުރީގެ ރައީސް މައުމޫނާއި، ޑިފެންސް މިނިސްޓަރު ބައްދަލުކުރެއްވުމުން، އެމަނިކުފާނުގެ ހާލުކޮޅު ހުރި ގޮތް ޑިފެންސް މިނިސްޓަރަށް ދެންނެވި ކަމަށެވެ.
އެގޮތުން ފުރަތަމަ ކަމަކަށް އެމަނިކުފާނު ބަންދުގައި ބަހައްޓާފައި ހުރީ ގާނޫނާއި ހިލާފަށް ކަމަށް ދެންނެވިކަމަށާއި، އަދި ސިއްހީ ހާލަތާ ގުޅޭގޮތުން ޑޮކްޓަރުން ދީފައިވާ ލަފާވެސް ހިއްސާ ކުރެއްވި ކަމަށެވެ. އަދި ގެޔަށް ބަދަލުކޮށް ގޭގައި ފަރުވާ ދެއްވުމަށް ޑޮކްޓަރުން ތަކުރާރުކޮށް ލާފާދީފައި ވާއިރުވެސް އެކަމާ އަޅާނުލައްވާތީ އެކަންވެސް ފާހަގަ ކުރެއްވި ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.
އަދި ޖިނާއީ އަދުލުގެ ނިޒާމަށް ނުފޫޒު ފޯރުވައިގެން ސަރުކާރުން ކަންކަން ކުރައްވަމުން ގެންދަވާކަމަށް ޑިފެންސް މިނިސްޓަރުގެ އަރިހުގައި މައުމޫން ދެންނެވުމުން ސަރުކާރުން އެއިން އެއްވެސް ކަމަކަށް ނުފޫޒު ނުފޯރުވާ ކަމަށް މައުމޫނުގެ އަރިހުގައި ޑިފެންސު މިނިސްޓަރ ދެންނެވި ކަމަށާ އެހެނަސް އެމަކާ މައުމޫން އިންކާރު ކުރެއްވިކަމަށް، މައުމޫން ހަމީދު ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރު، ޖަލުގައި މައުމޫނާއި ބައްދަލުކުރައްވައިފި: މައުމޫން ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ