ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ދީދީއާއި، އަބްދުލް ގަނީ މުހައްމަދު އައްޔަން ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައީސް އަބްދުﷲ ޔާމީނަށް ލަފާ ދީފިއެވެ.
ޖޭއެސްސީން އެގޮތަށް ލަފާ ދީފައިވަނީ މިއަދު ބޭއްވި އެކޮމިޝަނުގެ ބައްދަލުވުމަށްފަހުއެވެ.
އަބްދުﷲ ދީދީއާއި ޣަނީ އެމަގާމަށް އައްޔަން ކުރަން ލަފާދީފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ ފަނޑިޔާރުކަން ގެއްލުމުންނެވެ.
ޖޭއެސްސީން މިއަދު ވަނީ ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރުމަށް ވެސް ރައީސަށް ލަފާ އަރުވާފައެވެ.
އަބްދުﷲ ދީދީއާއި ޣަނީ ސްޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ