ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނެސްފި އެވެ.
މި ދެ ބޭފުޅުން މިއަދު މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައިވަނީ އައިކެއާގެ ޑޮކްޓަރުންނަށެވެ.
އައިކެއާ އަކީ ލޮލުގެ ބަލިތަކާ ގުޅޭ ހާއްސަ ޑޮކްޓަރުން ތިއްބަވާ ކްލިނިކަކަށް ވާއިރު މި ދެބޭފުޅުން އައިކެއާ އަށް ދެއްކީ ލޮލުގެ ކޮންކަހަލަ ސިއްހީ މައްސަލައެއް ކުރިމަތިވެގެން ކަމެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ކާނަލް ނާޒިމް ޖަލަށްލީ މީގެކުރިން އެތައް ފަހަރަކު ލޮލުގެ ޑޮކްޓަރަކަށް ދައްކާފައިވީ ނަމަވެސް އަބްދުﷲ ރިޔާޒު ޖަލަށްލީ ފަހުން މާލެ ގެެނެސް ލޮލުގެ ޑޮކްޓަރަކަށް ދެއްކި މިއީ ފުރަތަމަ ފަހަރެވެ.
މިދިޔަ މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން ހައްޔަރުކޮށްފައިވާ އަބްދުﷲ ރިޔާޒު މިހާރު ގެންދަވަނީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް ތަންފީޒު ކުރައްވަމުންނެވެ. މީގެއިތުރުން އެހެން ބައެއް ދައުވާތައްވެސް އޭނާގެ މައްޗަށް އުފުލާފައިވާއިރު މީގެތެރޭގައި ޓެރަރިޒަމްގެ ދައުވާ ވެސް ހިމެނެ އެވެ.
ކާނަލް ނާޒިމްގެ މައްޗަށް ދައުލަތުން އުފުލި ނުރައްކާތެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ދައުވާ ސާބިތުވުމާ ގުޅިގެން ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ.
ނާޒިމާއި އަބްދުﷲ ރިޔާޒު އައި ކެއާގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ