އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ އައްޔަންކުރުމަށާއި ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީއާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
މިބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ ދާދި ދެންމެއަކު ބޭއްވި ޖަލްސާގައެވެ.
މިގޮތުން އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ އައްޔަންކުރުމަށާއި، ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަަމަށް އައްޔަންކުރުމަށް އަދި ހައިކޯޓުގެ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަަމަށް އައްޔަންކުރުމަށް ރުހުން ދިނީ ވޯޓުގައި ބައިވެރިވި 36 މެމްބަރުންގެ އިއްތިފާގުންނެވެެ.
މިރޭގެ ޖަލްސާގައި ވެސް އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އެހެންކަމުން އުއްތަމަ ފަނޑިޔާރުގެ މަގާމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުންނަށް ރުހުން ދީފައި މިވަނީ ހަމައެކަނި ސަރުކާރަށް ތާއީދުކުރައްވާ ޕީޕީއެމް އެމްޑީއޭގެ މެމްބަރުން ތިއްބަވައިގެނެވެ.
މިބޭފުޅުންނަށް ރުހުން ދިނުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރި ބައްދަލުވުމުގައި އިދިކޮޅު ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވި ނަމަވެސް މި ބޭފުޅުން މަގާމުތަކަށް އައްޔަންކުރަން ރުހުން ދޭން ފެންނަ ކަމަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
އުއްތަމަ ފަނޑިޔާރަކަށް ޑރ. އަހްމަދު އަބްދުﷲ ދީދީ އައްޔަން ކުރަން ރުހުން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ