ފެމިލީ ކޯޓުގެ އިސްގާޒީ ކަމުގައި ހުންނެވި އަލްއުސްތާޒް ހަސަން ސައީދު ކްރިމިނަލް ކޯޓަށް ބަދަލު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފިއެވެ.
ގާޒީ ހަސަންއާ ގުޅޭ ގޮތުން ޖޭއެސްސީން ބަލަން ފެށި މައްސަލައާއި ގުޅުގެން މިދިޔަ ޖޫން މަހުން ފެށިގެން އޭނާ ހުންނެވީ ސަސްޕެންޑްކޮށްފައެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ތަހުގީގު ކޮމެޓީން ނިންމާފައި ވަނީ އޭނާ ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށެވެ.
ޖޭއެސްސީން ވިދާޅުވީ، އެ ނިންމުމަށް ޖަވާބުދާރީވާން ގާޒީ ހަސަންއަށް ފުރުސަތު ދެއްވުމަށް ފަހު، ހަސަން އާ ގުޅޭ ގޮތުން އެ ކޮމިޝަނުން ބެލި ސުލޫކީ މައްސަލަތަކާއި ގުޅިގެން ފަނޑިޔާރުގެ ސުލޫކަށް އަސަރު ކުރާ ފަދަ ކަންތައްތަކެއް ސާބިތުވާ ކަމަށެވެ.
ޖޭއެސްސީން، ގާޒީ ހަސަން ކްރިމިނަލް ކޯޓަށް ބަދަލުކުރުމަށް ނިންމީ، އޭނާ ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހަށް ފޮނުވުމަށް ތަހުގީގު ކޮމެޓީން ދިން ލަފާގެ ބަދަލުގައި ފިޔަވަޅެއްގެ ގޮތުންނެވެ.
އޭނާއަކީ ފެމިލީ ކޯޓުގެ އިސް ގާޒީ ކަން ދިގު މުއްދަތެއް ވަންދެން އަދާކުރެއްވި ބޭފުޅެކެވެ.
ފިޔަވަޅެއްގެ ގޮތުން އިސް ގާޒީ ހަސަން ކްރިމިނަލް ކޯޓަށް ބަދަލު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ