އައްޑޫ ސިޓީގެ މޭޔަރު ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ކުރިމަތިލައްވަން ނިންމަވައިފިއެވެ."ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަންނަ އަހަރުގެ އޭޕްރިލް މަސް ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވަން ނިޒާރު ވަނީ މިހާރު ނިންމަވާފައެވެ.ބެލެވޭ ގޮތުގައި އެމްޑީޕީ އިން ވާދަ ކުރާ ކެންޑިޑޭޓަކު ނިންމާނީ އެ ޕާޓީގެ ޕްރްއިމެރީ އަކުންނެވެ. ނިޒާރަކީ އެމްޑީޕީގެ މެމްބަރަކަށް ވުމާއި އެކު ނިޒާރު ވާދަކުރައްވާނީ އެމްޑީޕީގެ ޕްރައިމެރީގައި ކަމަށް ލަފާކުރެވެއެވެ. ނިޒާރު ކުރިމަތިލައްވަން ނިންމަވާފައިވާއިރު މިހާރުގެ މޭޔަރު އަބްދުﷲ ސޯދިޤުވެސް ވަނީ މޭޔަރުކަމަށް ކުރިމަތި ލައްވާނެކަމަށް އިއުލާން ކުރައްވާފައެވެ.ކުރިއާއި ހިލާފަށް ދެން މޭޔަރަކު އިންތިހާބު ކުރާނީ ހުރިހާ ރައްޔިތުންގެ ވޯޓަކުންނެވެ.
މިލިޔުން ކިޔާލުމުން
100 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އައްޑޫ ސިޓީގެ މޭޔަރު ކަމަށް ކުރީގެ މެމްބަރު ނިޒާރު ކުރިމަތިލައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ