އުނގޫފާރު ދާއިރާގެ ގޮނޑިއަށް ވާދަ ނުކުރެއްވުމަށް އަމީން ނިންމަވައިފި.

18 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވާދަނުކުރެއްވުމަށް މިހާރު އުނގޫފާރު ދާއިރާގެ ގޮނޑި ފުރުއްވަމުންގެންދަވާ އިބްރާހީމް އަމީން ނިންމަވައިފިއެވެ. މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. އަފްރާޝީމްއަލީ އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލުމާއި ގުޅިގެން، ޕީޕީއެމްގެ އެދުމުގެ މަތިން އެދާއިރާއަށް ކުރިމަތިލައްވައި ކާމިޔާބު ހޯއްދެވި އިބްރާހީމް އަމީން މަޖިލިސް މެންބަރުކަމުގެ ހުވާ ކުރެއްވީ 5 ޑިސެމްބަރ 2012ގައެވެ. ބައެއް މީޑިއާ ތަކަށް މައުލޫމާތު ދެމުން އަމީން ވިދާޅުވެފައި ވަނީ، މިފަހަރުގެ އިންތިހާބަށް ކުރިމަތި ނުލެއްވީ ސިޔާސީ ދާއިރާާއަށް ޝައުގުވެރިކަން ނެތުމާއި އެކު އަމިއްލަ ރަށް އުނގޫފާރަށް ދިރިއުޅުން ބަދަލު ކުރައްވަން ބޭނުންފުޅު ވާތީ ކަމަށެވެ. އަދި އަމިއްލަ ރަށައް ބަދަލުވެ ވަޑައިގެން ސިވިލް ސާވިސް ވަޒީފާއެއް ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ. ސިޔާސީ މަޝްރަހު މިހާރު އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށާއި، ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީއަށް ދިން ހަމަލާ އަކީވެސް އޭގެ ހެއްކެއް ކަމަށް އަމީން ވިދާޅުވިއެވެ. އަމީން ވިދާޅުވީ، އަމީން ވާދަ ނުކުރެއްވި ނަމަވެސް އުނގޫފާރު ދާއިރާގެ ގޮނޑިއަކީ ޕީޕީއެމްގެ ގޮނޑިއެއް ކަމަށެވެ. އުނގޫފާރު ދާއިރާގެ ގޮނޑިއަށް އަމީން ވާދަ ނުކުރައްވާތީ، ޕީޕީއެމް ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީގައި ތިން ކެންޑިޑޭޓުން މިހާރުވަނީ ހުށަހަޅާފައެވެ. އެއީއުނގޫފާރު ދާއިރާގެ އަތޮޅު ކައުންސިލަރު ޖައުފަރު ދާއޫދާއި، އެ ދާއިރާގެ މާކުރަތު ބޭފުޅެއް ކަމަށްވާ އަހުމަދު ސައީދާއި ހުޅުދުއްފާރު ބޭފުޅެއްކަމަށްވާ ނާޖިހު ޖިނާހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ