އިދިކޮޅު އިއްތިހާދުން ރޭ މަރަދޫ ފޭދޫ ބޮޑުމަގުގައި ބޭއްވި ޖަލްސާ ހުއްޓުވުމަށް ފުލުހުން ޕެޕަރ ސްޕްރޭ ޖަހައިފި އެވެ.
މަރަދޫފޭދޫ، ބޮޑުމަގުގައި ހުންނަ ދިވެހި ފެހުން ކުރިމަތީގައި ކުރިއަށްގެންދިޔަ ބައްދަލުވުން ކުރިއަށް ގެންދަނިކޮށް ފުލުހުން އެސަރަހައްދަށް ގޮސް އެތަނުގައި އެއްވެފައިވާ މީހުން ޕޭވްމަންޓް މައްތަށް ޖެއްސުމަށް ފަހު، ޖަލްސާގެ ބައިވެރިން ބޭނުން ކުރަމުން ދިޔަ ޕޯޑިއަން ނަގަން މަސައްކަތް ކުރުމުން މައްސަލަ ގޯސްވެގެން ދިޔައެވެ.
އަދި ޖަލްސާގެ ބައިވެރިން ދުއާ ކުރަން ފެށުމުން ފުލުހުން ވަނީ އެސަރަހައްދަށް ބާރުގެ ބޭނުންކޮށްގެން "އަރައިގެންފަ"އެވެ.
މަންޒަރު ދުށް މީހަކު "އައްޑޫލައިވް"އަށް ބުނީ ފުލުހުން ޕޯޑިއަމް ނަގަން އުޅުމުން އެތަނުގައި ތިބި އަންހެނުން ގޮސް ޕޯޑިއަމް ވަށާލިކަމަށެވެ. އެވަގުތު ފުލުހުން ޕެޕަރ ސްޕްރޭ ޖަހައި މީހުން ގަނޑު މަތަކުރުމަށް މަސައްކަތް ކުރިކަމަށެވެ.
"ފުލުހުން ޕެޕަރ ސްޕްރޭ މީހުން މަތަކުރުމަށް ޖަހަން އުޅުމުން ޖެހުނީ އެމީހުންގެ ތެރެއިން މީހެއްގެ މޫނަށް. އެންމެ ފަހުން އެކަން ހުއްޓާލާފައި ފުލުހުން ގޮސްފި"
ރޭ ބައްދަލުވުން ފުލުހުން ހުއްޓުވުމަށް މަސައްކަތް ކުރި އިރު އިއްޔެ ހިތަދޫ އަދި ފޭދޫގައި ހުކުރު ނަމާދު ކުރުމަށްފަހު ދުއާ ކުރުމަށް ހަމަޖެހިފައިވާ ދެ މިސްކިތް ކައިރީވެސް ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.
ދުވަސްތަކަކަށް އައްޑޫގައި ސިޔާސީ ހަރަކާތް މަޑުޖެހިފައި އޮތުމަށްފަހު އާ ރޫހެއްގައި ކަންމަތީ ބައްދަލުވުން އަންނަނީ ބާއްވަމުންނެވެ.
އިއްތިހާދު މަރަދޫފޭދޫ ޖަލްސާއަށް ޕެޕަ ސްޕްރޭ ޖަހައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ