ޕީޕީއެމް އިތުރަށް ހަރުދަނާ ކުރަން މައުމޫން ގޮވާލައްވައިފި

ޕީޕީއެމް އިތުރަށް ވަރުގަދަކޮށް ހަރުދަނާކޮށް ޕާޓީން ރާއްޖެއަށް ކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރަން އާ ޢަޒުމަކާއިއެކު މަސައްކަތް ކުރަން ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޕާޓީގެ މެންބަރުންނަށް ގޮވާލައްވައިފި އެވެ.
ޕީޕީއެމްގެ މެންބަރުންނަށް އަމާޒުކޮށް ރައީސް މައުމޫން މިހެން ގޮވާލެއްވީ މިއަދަކީ އެ ޕާޓީގެ ފުރަތަމަ އަހަރީ ދުވަހަށް ވުމުން ޕާޓީގެ މެންބަރުންނަށް ތަޙުނިޔާ އާއި މުބާރިކްބާދީ ދަންނައި ނެރުއްވި ބަޔާނެއް މެދުވެރިކޮށެވެ.
ޕީޕީއެމްއަކީ ރާއްޖޭގައި އެންމެފަހުން އުފެދުނު ސިޔާސީ ޕަޓީ ކަމަށްވިޔަސް މިހާރު އެ ޕާޓީގައި 17577 މެމްބަރުން އެބަތިއްބެވެ. ޕީޕީއެމްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 18 މެމްބަރުން ތިބި އިރު، މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީނެވެ.
ރައީސް މައުމޫން އިސްކޮށް ހުނަނަވައިގެން ޕީޕީއެމް ރަޖިސްޓްރީ ކުރީ އޮކްޓޫބަރު 27، 2011ގަ އެވެ.
މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަމަށް ތުހުމަތުވި އަންހެނެއްގެ މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ. ދައުވާ ކޮށްދިނުމަށް އެދި ފޮނުވީ ތ.ތިމަރަފުށި، އިރުވައިގޭ، ޤުރައިޝާ ޢަބްދުލް ވާޙިދު 28، ގެ މައްޗަށެވެ. މައްސަލަ ޕީޖީއަށް ފޮނުވީ މިމަހުގެ 18 ވަނަ ދުވަހު އެވެ.
ޤްރައިޝާގެ މައްޗަށް ދަޢުވާކޮށް ދިނުމަށް އެދި ފޮނުވާފައި ވަނީ ޖޫން 5، 2012 ވަނަ ދުވަހު މަސްވެރިންގެ ޕާކް ތެރޭގައި މަސްތުވެގެން ހުރިކަމަށް ތުޙުމަތު ކުރެނުނު މައްސަލައިގަ އެވެ. ގުރައިޝާ ހައްޔަރުކޮށް ކުޑަކަމުދާ ތަކެތި ޓެސްޓް ކުރިއިރު މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަމަށް ވަނީ ޕޮޒިޓިވް ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ