އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ހިއުމަން ރައިޓްސް ކޮމިޝަނުގައި މިހާރު ހިމެނޭ ދެ މެންބަރެއްގެ މަގާމުގެ މުއްދަތު އަންނަ ސެޕްޓެންބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ، އެ ކޮމިޝަނަށް މެންބަރުން އައްޔަންކުރުމަށް ޓަކައި މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ. ސަރުކާރުގެ ގެޒެޓުގައި ރައީސް އޮފީހުން ކޮށްފައިވާ އިއުލާނެއްގައި ވަނީ މި މަހުގެ 21 ވާ އަންގާރަ ދުވަހުގެ 2:00 ގެ ނިޔަލަށް އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ރައީސް އޮފީހުގެ އިއުލާނުގައި ގާނޫނުގައި އެ ކޮމިޝަންގެ މެމްބަރެއްގެ ކިބައިގައި ހުރުން ލާޒިމްވާ ޝަރުތުތައް ވަނީ ބަޔާންކޮށްފަ އެވެ. މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ހިއުމަންރައިޓްސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ޓަކައި ތިން ބޭފުޅެއްގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފަ އެވެ. އެ ތިން ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު ޝިފާގު މުފީދު އާއި އައިޝަތު އަފުރީނު މުހައްމަދުގެ އިތުރުން އައިޝަތު އީނާޝް އެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ވަނީ އެ ތިން ބޭފުޅުންނަށް ރުހުންދޭން ފެންނަ ކަމަށް ފާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ