ރާއްޖެ އިން އިންޑިއާއަށް ކަނޑައަޅާ ސަފީރަކަށް ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު މުހައްމަދު (އަންޑޭ) އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އެއްމަސް ދުވަހުގެ ޗުއްޓީއަކަށްފަހު މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށާއިރު، އިންޑިއާގެ ސަފީރަކަށް އަހުމަދު އައްޔަން ކުރެއްވުމަށް ރައީސް ޔާމީން މަޖިލީހަށް ފޮނުއްވާފައިވާއިރު މާދަމާގެ ޖަލްސާގައި އެ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަކަށް ފޮނުވާނެއެވެ.
އަހުމަދު ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. ރައީސް ޑރ.މުހައްމަދު ވަހީދު ސަރުކާރުގައި އޭނާ ވަނީ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.
އިންޑިއާގެ ސަފީރު ކަމުގައި މިހާރު ހުންނެވީ ފޮރިން މިނިސްޓްރީގެ ކުރީގެ ފޮރިން ސެކްރެޓަރީ މުހައްމަދު ނަސީރެވެ.
ރާއްޖެ އިން އިންޑިއާއަށް ކަނޑައަޅާ ސަފީރަކަށް އަހުމަދު މުހައްމަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ