ރައީސް ހެނބަދޫ އަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފި

ރައީސް އަބްދުﷲ ޔާމީން ނ. ހެނބަދޫ އަށް ވަޑައިގެންފި އެވެ.
މިއީ ރައީސް ޔާމީން މިހާރު ތިން އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަޑައިގެންނެވި ދެވަނަ ރަށެވެ.
ރައީސް ޔާމީން ހެނބަދޫ އަށް ވަޑައިގެން ވަނީ އެރަށުގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފަ އެވެ. މިރަށުގެ ނަރުދަމާގެ ޑިޒައިންގެ މަސައްކަތް ކުރުމަށް މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ކުންފުންޏަކާ ހަވާލުކޮށްފައިވެ އެވެ.
ހެނބަދޫގައި ނަރުދަމާ ނިޒާމު ގާއިމުކޮށްދެނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި ޗަމްޕާ ގުރޫޕްގެ އެއް ހިއްސާދާރު މުހައްމަދު މޫސާ (އުއްޗު) އެވެ. މިމަސައްކަތް އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސް މިއަދު ހެނބަދޫއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ