ދުނިޔޭގެ އެންމެ މަޤްބޫލް އެއް އެއާލައިން، ސިންގަޕޯ އެއާލައިނުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފިއެވެ.
އެމްއޭސީއެލުން ބުނީ ސިންގަޕޯ އެއާލައިނުން އައު ޓާމިނަލް ބޭނުންކުރަން ފަށާފައިވަނީ މިއަދު ކަމަށެވެ. ޓާމިނަލް އެކަކުން ސިންގަޕޯ އެއާލައިންސް އަށް ހިދުމަތް ދޭން ފެށުން
ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު އައު ޓާމިނަލްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު
އިސްމާއިލް ރަޝީދުއެވެ.
ރަސްމިއްޔާތުގައި
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު
އާއި ސިންގަޕޯ އެއާލައިންސްގެ ޖެނެރަލް މެނޭޖަރު ހާޒިގު ސުލައިމާން އާއި އެމްއޭސީއެލްގެ
އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ސިންގަޕޯ އެއާލައިނުން އައި ޓާމިނަލް ބޭނުންކުރަން ފެށުން.. ފޮޓޯ: އެމްއޭސީއެލް
ޓާމިނަލް
1 އިން ސިންގަޕޯ އެއާލައިންސް އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ
އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 205 ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ސިންގަޕޯ
އެއާލައިންސްގެ ފުރަތަމަ ފްލައިޓް, SQ432އިން ރާއްޖެ އައި 244 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް
ކިޔައިފައެވެ.
ސިންގަޕޯ އެއާލައިނުން އައި ޓާމިނަލް ބޭނުންކުރަން ފެށުން.. ފޮޓޯ: އެމްއޭސީއެލް
ޓާމިނަލް
1 އަށް ކައިރި ކުރި ސިންގަޕޯ އެއާލައިންސްގެ ފުރަތަމަ ފްލައިޓަކީ އެއާބަސް 350ގެ
ފްލައިޓެކެވެ. މިއީ ޓާމިނަލް 1 އިން އެއާބަސް 350ގެ ފްލައިޓަކަށް މަރުހަބާކި
ފުރަތަމަ ފަހަރުކަމަށް އެމްއޭސީއެލުން ބުނެއެވެ.
ސިންގަޕޯ އެއާލައިންސް އިން
ރާއްޖެއަށް
ދަތުރުތައް ފަށާފައިވަނީ 1984 ވަނަ އހަަރުގެ މާޗްމަހުގެ 28 ވަނަ ދުވަހުއެވެ. ސިންގަޕޯ އެއާލައިނަކީ އޭވިއޭޝަން ދާއިރާގެ އެންމެ އުހުގައި ހިދުމަތްދެމުން އަންނަ އަދި ހުރިހާ ފަންތިއެއްގެ މީހުންގެ މަޤްބޫލުކަނ ްލިބިފައިވާ އެއާލައިނެކެވެ.
ސިންގަޕޯ އެއާލައިންސް
އާއެކު
ޓާމިނަލް 32 އެއާލައިނަކުން މިހާރު އައު ޓާމިނަލް ބޭނުންކުރަމުންދާކަމަށް އެމްއޭސީއެލުން ބުނެއެވެ.
ދުނިޔޭގެ އެންމެ މަޤްބޫލް އެއް އެއާލައިން، ސިންގަޕޯ އެއާލައިނުން އައު ޓާމިނަލް ބޭނުންކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ