ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތުގެ ދަށުން ޓަވަރު 7 އަދި 8 ށް މާދަމާ ކަރަންޓު ދިނުމަށް ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އެކުންފުނިން ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް އިއްޔެ ފަށައި، ޓަވަރު 15 އަދި 16 އަށް ވަނީ މިހާރު ކަރަންޓު ދީފައެވެ. އަދި، 11 އަދި 12 ވަނަ ޓަވަރަށް މިއަދު ވަނީ ކަރަންޓު ދީފައެވެ.
ސްޓެލްކޯއިން ބުނީ މާދަމާ ކަރަންޓު ދޫކުރުމަށް ހަމަޖެހިފައިވާ ހަތަކާއި އަށްވަނަ ޓަވަރުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް ހާޒިރުވާންޖެހޭ ގަޑި އެސްއެމްއެސް މެދުވެރިކޮށް އަންގާނެ ކަމަށާއި އެފަރާތަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް އެ ކުންފުނިން ދޫކޮށްފައިވާ ސްލިޕާއެކު ފުލެޓުތަކުގެ ތަޅުދަނޑި ހިފައިގެން ޓަވަރުތަކަށް ހާޒިރުވުމަކީ ވަރަށް ބޮޑު އިލްތިމާސެއް ކަމަށެވެ.
ފްލެޓްތަކަށް ކަރަންޓު ދިނުމުގެ ސްޓެލްކޯއިން ކުރަނީ މަސައްކަތް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ހަވީރު 5:00 އަށެވެ.
ޓަވަރު 7 އަދި 8 އަށް މާދަމާ ކަރަންޓު ދޭނެ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ