ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބަލްގޭރިއާގެ ދެ މިނިސްޓަރަކާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބަލްގޭރިއާއަށް ކުރައްވަމުން ދަތުރުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ސްވެޓްލަން ރިސްޓޮވް ސްޓޯއެވްއާއި، ޓޫރިޒަމް މިނިސްޓަރު ޑރ. ސްޓެއްލާ ބަލްޓޮވާއާ ބައްދަލު ކުރައްވައިފިއެވެ.
ރާއްޖެއާއި ބަލްގޭރިއާ ދެ ގައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރައްވަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޝާހިދު ވަނީ ދެއްވައިފައެވެ.
އަދި އީޔޫގައި، ބަލްގޭރިއާއިން އަދާކުރަމުންދާ ރޯލް ފާހަގަކުރައްވައި، ރާއްޖޭގެ ޑިމޮކްރަސީ ހަމަ މަގަށް އެޅުވުމަށް އީޔޫއިން ކޮށްދީފައިވާ މަސައްކަތް ޝާހިދު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ކުރިއަށް އޮތް ތަނުގައި ބަލްގޭރިއާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރަން ޕްރޮމޯޝަންތައް އިތުރުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރު ޝާހިދު ވަނީ ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަންނަން ހުރިހާ ގައުމުތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމު ކަމަށްވެސް ޝާހިދު އަލިއަޅުއްވައި ލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ