ޖަލްސާއަށް ރައްޔިތުން ހާޒިރުވީ އިސްލާމްދީން ހިމާޔަތްކުރާނެކަން ކަށަވަރު ކުރުމަށް: މުހައްމަދު ނަޝީދު
ޖަލްސާއަށް ރައްޔިތުން ހާޒިރުވެ ތިބީ ދިވެހިރާއްޖޭގެ އިސްލާމްދީން ހިމާޔަތްކުރާނެ ކަން ކަށަވަރު ކުރުމަށްޓަކައި ކަމަށް ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.އެއްމެން އެކަކަށް ނަމުގައި ޕީޕީއެމުން ބޭއްވި މާސިންގާ ޖަލްސާގައި ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވީ މިއަދު މިކުޅެނީ އެޓޭކަަށް ކަމަށާއި ޑިފެންސަށް ކުޅުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށެވެ. އަދި މިއަދު ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު އެ ޖަލްސާއަށް ހާޒިރުވެފައިވަނީ ދިވެހިރާއްޖޭގެ އިސްލާމްދީން ހިމާޔަތްކުރާނެ ކަން ކަށަވަރު ކުރުމަށްޓަކައި ކަމަށެވެ. އަދި ރާއީސުލްޖުމުހޫރިއްޔާ އަކީ އިޚްލާސްތެރި ބޭފުޅެއްކަމަށާއި ކެމްޕެއިނަށް އެމަނިކުފާނު ވަޑައިގެންނެވީ ކެމްޕެއިންގައި ބައިވެރި ނުވެ ނުހުރެވިގެން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އަދި ޑީއާރުޕީގެ ކުރިން މަސައްކަތްކުރި އިސްފަރާތްތަކުން މިއަދު ޑީއާރުޕީ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް މިއަދު ޑީއާރުޕީގެ މިލްކުވެރިކަން އެއިން އެއްވެސް ބޭފުޅަކަަށް ނުލިބޭނެކަމަށް ނަޝީދު ވިދާޅުވިއެވެ.އަދި ރައީސް ޔާމީން މިގައުމަށް ގެނެސްދެއްވާފައިވާ ތަރައްގީއާއެކު އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ތައްޔާރުކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ