ހުޅުމާލޭ ސްކޫލް ހަވާލުކުރީ ބަންޑާރަ ނައިބުގެ ލަފާ ނުހޯދާ

ހުޅުމާލޭގެ ފަރީދިއްޔާ ސްކޫލް ހިންގި އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އަލުން ބިޑް ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ލަފާ ދީފައިވަނިކޮށް ކޮލިޓޭޓް އެޑިއުކޭޝަނާ އެތަން ހަވާލުކޮށް އިއްޔެ އެއްބަސްވުމުގައި ސޮއިކުރީ ބަންޑާރަ ނައިބުގެ ލަފާ ވެސް ނުހޯދާކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ފަރީދިއްޔާ ސްކޫލްގެ އިމާރާތުގައި ސްކޫލް ހިންގަން ލާލޭ ޔޫތު އިންޓަނޭޝަނަލް އަށް ދީފައިވާ މުއްދަތު ހަމަވުމުން އެ ސްކޫލު އަލުން ހިންގާނެ ބަޔަކު ހޯދަން އިއުލާން ކުރުމާ އެކު، ޖެހުނު މައްސަލަތައް އޭސީސީން ބެލުމަށް ފަހު އެޑިއުކޭޝަން މިނިސްޓްރީ އަށް އަންގާފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަންތައްތަކެއް ހިނގާފައި ވާތީ އަލުން ބިޑްކޮށްގެން ތަން ހަވާލުކުރުމަށެވެ. އޭސީސީން މިގޮތަށް އެންގި ނަމަވެސް ކޮލިޓޭޓް އެޑިއުކޭޝަންއާ އެކު އެޑިއުކޭޝަނުން އިއްޔެ ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އަބްދުލް މުހުސިން ވިދާޅުވެފައި ވަނީ އޭސީސީން އެ މައްސަލަ ބަލައި، ދީފައިވާ ލަފަޔާ ގުޅިގެން މަޝްވަރާކުރަން ޖެހޭ ފަރާތްތަކާ މަޝްވަރާކޮށްފައި ކަމަށެވެ.
އެނގިފައިވާ ގޮތުގައި، ކޮލިޓޭޓް އެޑިއުކޭޝަންއާ ސްކޫލް ހިންގުން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ލަފަޔަކަށް އެދި ހުށަހެޅި އެވެ. ނަމަވެސް ބަންޑާރަ ނައިބު ވަކި ގޮތެއް ނާންގަވަނީސް ވަނީ ސޮއިކޮށްފަ އެވެ. ސްކޫލް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން މަޑުޖައްސާލަން އޭސީސީން އެންގުމަށް ފަހު އޭރު އޮތީ އަލުން ބިޑްކޮށްގެން ބަޔަކު ހޮވަން އޭސީސީން އަންގައިފަ އެވެ.
ސަރުކާރުގެ އެއްވެސް އިދާރާއަކުން ބަޔަކާ އެކު އެއްބަސްވުމެއް ގާއިމްކުރާ ނަމަ އެ އެއްބަސްވުމަކާ ގުޅޭ ގޮތުން ބަންޑާރަ ނައިބުގެ ލަފާ ހޯދަން ޖެހެ އެވެ.
Breaking News: Hulhumale School havaalu kuree alun bid kuran ACC in angaafai ovvaa | Mihaaru
Mihaaru
ފަރީދިއްޔާ ސްކޫލް އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގަން ހަވާލުކުރި ކުންފުނީގައި ހައި ކޯޓުގެ ދެ ފަނޑިޔާރެއްގެ އަނބިންގެ ހިއްސާ އޮތް މައްސަލައެއް ވެސް، އޭސީސީން މައްސަލަ ބެލުމުގެ ކުރިން ވެސް ފެންމަތިވި އެވެ. ފަނޑިޔާރުންނާއި ފަނޑިޔާރުންގެ އަނބިން ވިޔަފާރި ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށް ވާއިރު މިކަން ހާމަވުމާ އެކު، މައްސަލަ ބަލަމުން ދަނިކޮށް ހިއްސާދާރުން ވެސް ވަނީ ބަދަލުކޮށްފަ އެވެ.
ކޮލިޓޭޓަށް ބިޑް ކާމިޔާބުވި ކަމަށް ނިންމި ނަމަވެސް ސުވާލު އުފެދޭ ނުވަ ކަމެއް އޭސީސީން ފާހަގަކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ