ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް އައްޔަންކުރުމަށްޓަކާ ރައީސް ޔާމީން މަޖިލީހަށް ފޮނުއްވާފައިވާ މައުމޫން ހަމީދާ މިއަދު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އިންޓަވިއުކޮށްފިއެވެ.
މައުމޫން ހަމީދާ އިންޓަވިއުކޮށްފައިމިވަނީ އޭނާގެ ނަންފުޅު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ފޮނުވާފައި އޮންނަތާ 3 މަސް ފަހުންނެވެ.
މައުމޫންގެ ނަން ކޮމިޓީއަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 16 ގަ އެވެ. ޕީޖީގެ ގާނޫނު ބުނާ ގޮތުން ޕީޖީގެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އާ ބޭފުޅަކު އައްޔަން ކުރަން ޖެހެ އެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު މުއިއްޒުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ވޯޓު ނަގަން އުޅުމުން މިދިޔަ މަހު އޭނާ އަމިއްލައަށް އިސްތިއުފާދެއްވުމުންނެވެ. މުއިއްޒަކީ ރާއްޖޭގެ އެންމެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލްއެވެ.
ކުރީގެ އެޓޯލްސް މިނިސްޓަރު އަބްދުﷲ ހަމީދުގެ ދަރިކަލުން މައުމޫން ހަމީދަކީ މިހާރުގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.
މައުމޫން ހަމީދާ ކޮމެޓީން އިންޓަވިއުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ