ކުރީގެ ރައީސް މައުމޫން މެލޭޝިއާއަށް ފުރާވަޑައިގެންފި

ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޖަލުން މިނިވަންވުމާއިއެކު ކުރައްވާ ފުރުތަމަ ދަތުރުފުޅުގައި އިއްޔެ މެލޭޝިއާއަށް ފުރާ ވަޑައިގެންފިއެވެ. އެމަނިކުފާނު މެލޭޝިޔާއަށް މި ކުރައްވާ ދަތުރުފުޅަކީ ބޭސްފަރުވާ އަކަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި މިއީ މިނިވަންވި ފަހުން ކުރާ ފުރަތަމަ ދަތުރުވެސް މެއެވެ.
އެ މަނިކުފާނު ވަނީ އަދުލްއިންސާފު އަށް ހުރަސްހެޅި ކަމުގެ ތުހުމަތާއި ޓެރަރިޒަމްގެ ތުހުމަތުގައި އަށް މަހަށް ވުރެ ދިގު މުއްދަތެއް ޖަލުގައި ހޭދަ ކުރައްވާފައެވެ. މެލޭޝިއާގައި ދެހަފްތާއެއްހާ ދުވަސް ހޭދަ ކުރައްވާއިރު އެމަނިކުފާނު މެލޭޝިއާއަށް ވަޑައިގެންނެވި އަނބިކަބަލުން ނަސްރީނާއާއިއެކު އިއްޔެގެ ވަގުތެއްގައެވެ.
ރައީސް އަލްއުސްތާޒު މައުމޫން ޖަލުގައި ހުންނެވި އިރުވެސް އެމަނިކުފާނު ދިޔައީ ސީރިއަސް ބައްޔެއް ކަމަށްވާ ވާޓިގޯއަށް ފަރުވާ ހޯދަމުންނެވެ. އެމަނިކުފާނުގެ އާއިލާއިން ތަކުރާރުކޮށް ދިޔައީ ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް އެދެމުންނެވެ. ހަމަ އެއާއިއކު ޑޮކްޓަރުންވެސް ވަނީ ލަފާ ދެއްވާފައެވެ.
ނަމަވެސް ރިޔާސީ އިންތިހާބު ނިމި އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކާމިޔާބު ކުރެއްވުމާ ހަމައަސް ހުންނެވީ ޖަލުގައެވެ. ރައީސް މައުމޫން ގޭ ބަންދަށް ބަދަލުކޮށް އަދި އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލް ކުރީވެސް 2018 ރިޔާސީ އިންތިހާބަށް ފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ