ގޮނޑީގެ މައްސަލާގައި ނަޝީދާއި ގާސިމް ބައްދަލު ކުރައްވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިާބާއި ގުޅިގެން ކޯލިޝަ ންތެރޭގައި ހިޔާލު އެއްގޮތް ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހިމް މިހާރު ބައްދަލު ކުރައްވަމުން އެބަ ގެންދަވައެވެ.
ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ބައްދަލު ކުރައްވަމުން ގެންދަވަނީ ޖުމުހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒުގައިއެވެ.
މި ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ޗެއާޕާސަން ހަސަން ލަތީފާއި، މުހައްމަދު ޝިހާބު ބައިވެރިވެވަޑައިގަންނަވައެވެ. އަދި ޖޭޕީގެ ފަރާތުން ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހްމަދާއި، ކިނބިދޫ ދާއިރާ މެމްބަރު އަބްދުﷲ ރިޔާޒާއި، ކާނަލް މުހައްމަދު ނާޒިމްގެ އިތުރަށް ޕާޓޫީގެ ސެކެރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ބައިވެރިވެވަޑައިގަންނަވައެވެ.
ގޮނޑިތަށް ބަހާނެ ގޮތަކާއި މެދު މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީގެ އޮފީހުގައި ބޭއްވި ޕާޓީތަކުގެ ލީޑަރުންގެ މަޝްވަރާ ބައްދަލުވުމަށް ފަހު އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ޕާޓީތަކުން ވާދަކުރާނެ ދާއިރާތައް ކަނޑައެޅުމުގައި މިހާރު މަޝްވަރާތައް ވަނީ ފެށިފައިވާ ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމުގައި މިކަމާމެދު ގޮތެއް ނިންމިފައެއް ނުވެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން ދާއިރާތަކުގެ ގޮނޑިތައް ބަހާނެ ގޮތަކާއިމެދު ގޮތްތަކެއް އަދިވެސް ނިންމިފައި ނުވާއިރު، މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ދާއިރާތައް މިރޭ އެ އިއުލާންކުރާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
އެމްޑީޕީން ވަނީ އެޕާޓީން ވާދަ ކުރާނެ ދާއިރާތަކާއިމެދު ގޮތެއް ނިންމާނީ މިރޭ އެޕާޓީން ބާއްވާ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ