އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އަނބުރާ ނަގައިފި

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންގޮސްފިއެވެ.
އަބްދުﷲ ސައީދުގެ އިތުރުން މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ވެސް އަނބުރާ ގެންގޮސްފައެވެ. މި ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މި ތިން ބޭފުޅުންނަށް މިދިިޔަ ހަފްތާގައި ފޮނުއްވި ސިޓީގައި ވަނީ އެ ބޭފުޅުންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ އިތުރަށް ކުރިއަށް ނުގެންދަން ނިންމައި، އެ މައްސަލަ އަނބުރާ ފުލުހަށް ފޮނުވާލަން ނިންމާފައިވާ ކަމަށް ބުނެފައެވެ.
މި ތިން ބޭފުޅުންގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމް އާއި ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ވެސް ޕީޖީ އޮފީހުން ވަނީ އަނބުރާ ގެންގޮސްފައެވެ.
މީގެއިތުރުން ފާރިސްގެ މައްޗަށް އުފުލި ރިޝްވަތުގެ ދައުވާ ވެސް މިދިޔަ ހަފްތާގެ ތެރޭގައި ޕީޖީ އޮފީހުން ވަނީ އަނބުރާ ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ