އިންތިހާބާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބާއި ގުޅޭ މައްސަލައެއް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އިންތިހާބާއި ގުޅޭ ދުސްތޫރީ މައްސަލައެކެވެ. އެ މައްސަލަ ވެއްދީ ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމުގެ ހެކިތަކަކާ އެކުގައި ކަމަށް ރައީސް ޔާމީންގެ ވަކީލް، މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ވިދާޅުވި އެވެ.
އިންތިހާބު އޮޅުވާލި ކަމަށްބުނެ މައްސަލަ ހުށަހެޅި އިރު އިލެކްޝަންސް ކޮމިޝަނުން ބުނަމުންދަނީ ތަކުރާރުކޮށް ބެލި އިރުވެސް ނަތީޖާއަށް ބަދަލު އަންނާނެ ވަރުގެ ޝަކުވާއެއް ނުވަތަ ގޯހެއް ނެތއް ކަމަށެވެ.
އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކާމިޔާބު ކުރެއްވީ 34 ހާހަށްވުރެ ގިނަ ވޯޓުގެ ތަފާތުންނެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ