މަސްއޫލިއްޔަތާއި ޒިންމާނެގުމުގެ މައްސަލަތައް އަދިވެސް ރާއްޖޭގައި ޒުވާނުންގެ ކިބައިގައި ހާއްސަކޮށް މަދު ކަމަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެެއެވެ.
މަތީތައުލީމާއި ބެހޭ ގާނޫނަށް ހުށައެޅުނު އިސްލާހަށް ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ ޒުވާނުންގެ ޕްރޮޑަކްޓިވިޓީ ނެރެވޭނެ ގޮތެއް ބަލައި ޒުވާނުން ބިނާކުރަންޖެހޭ ކަމަށެވެ.
“ މިކަންކަން އަޅުގަނޑުމެން އެބަޖެހޭ ރަނގަޅުކުރަން. ކިހާ ހިސާބަކުން ކޮންކަމެއް ރަނގަޅުކޮށްގެންތޯ ތައުލީމީ ނިޒާމުގެ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޒުވާނުންނަކީ ޕްރޮޑަކްޓިވިޓީ ނެރެވޭނެ ރުވާނުންތަކެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އެޒުވާނުން ބިނާކުރެވިގެން ދާނީ.
ރާއްޖެއަކީ ނިސްބަތުން އެންމެ ތައުލީމީ ޒުވާނުން ތިބި ގައުމަކަށް ވީ ނަމަވެސް ރާއްޖޭގެ ބޮޑެތި އިންޑަސްޓްރީ ތަކުގެ ތެރޭގައި ހިމެނޭ ޓުއަރިޒަމް ސެކްޓަރ ގައި މެޖޯރިޓީ ވަޒީފާގެ ބާޒާރު ހިއްސާކުރަމުންދަނީ ބޭރުމީހުން ކަމަށް ޒަރީރު ވިދާޅުވިއެވެ. އަދި އެކަމަކީ ވިސްނާލަންޖެހޭ ކަމެއްގެ ގޮތުގައި ޒަރީރު ވިދާޅުވިއެވެ.
ޕްރައިވެޓް ސެކްޓަރގައި އާއި އެހެން ދިމަދިމާލުގައި ގިނައިންތިބީ ބޮޑުމުސާރަ އާއި ގިނަ އިނާޔަތްލިބޭ މަގާމުތަކުގައި ތިބީ ބޭރުމީހުން ކަމަށް ޒަރީރު ވިދާޅުވިއެވެ. ވުމާއެކު އެކަންކަމަށް ރިއާޔަތްކޮށް ރާއްޖޭގެ ތައުލީމީ ނިޒާމު، ވަކިން ހާއްސަކޮށް މަތީ ތައުލީމީ ނިޒާމު ބައްޓަންކޮށް ދިރާސާތަކެއް ކުރަންޖެހޭ ކަމަށް ޒަރީރު ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެމްޑީޕީ އާ ދިމާލަށް ލާދީނީ ބައެކޭ ބުނާކަމަށާއި ނަމަވެސް މިގައުމުގެ ތާރީހުގައި ފުރަތަމަ އިސްލާމިކް ޔުނިވަރސިޓީއެއް ހުޅުވިގެން ދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށާއި އެއީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކަމަށެވެ. ވުމާއެކު ޒަރީރު ވިދާޅުވީ ކަންކަން ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ކިތަންމެ ވަރަށް މަސައްކަތް ކުރިނަމަވެސް ފެންނަން ހުރި ކަންތައްތަކުން ނާއި ކޮށްފައި ހުރި ކަންތައްތަކުން ދަލީލު ދައްކަނީ އެމްޑީޕީ އަކީ މިހާތަނަށް އިސްލާމް ދީން ކުރިއަރުވައި ދީނަށްޓަކައި ކުރިހައި މަސައްކަތެއް ކުރި ޕާޓީކަމަށެވެ.
މަސްއޫލިއްޔަތާއި ޒިންމާ ނެގުމުގެ ހުނަރު ޒުވާނުންގެ ކިބައިގައި މަދު: މެމްބަރު ޒަރީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ