ދެރުފިޔާ ބަޔަށް ޝަހީމަށް 33ހާސް އަކަފުޓަށްވުރެ ބޮޑުބިމެއް

އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޝަހީމަށް މާސިންގާ ބިމެއް ނުއަގުގައި މުއިއްޒު ދީފިއެވެ. އަކަފޫޓަކަށް އެންމެ ދެރުފިޔާބަޔަށް ހުޅުމާލޭން 33ހާސް އަކަފޫޓަށްވުރެ ބޮޑު ބިމެއް ވިޔަފާރި ކުރަން ދިނީ މާތްވެގެންވާ އިސްލާމް ދީނާ އަޅުވާފައެވެ.
ޝަހީމް ދަރިފުޅު މާހިލްގެ ނަމުގައި ރަޖިސްޓްތީ ކޮށްފައިވާ އަލް-މަދީނާ އިންވެސްޓްމަންޓްސް (C10712021)އަށް ހުޅުމާލެއިން ދިން ބިމުގެ ބޮޑު މިނަކީ 33536.43 އަކަފޫޓެވެ. ކުއްޔަކީ އަކަފޫޓަކަށް 2.50ރ އެވެ. ވިޔަފާރި ކުރުމަށް ހޯދި ބިޔަ ބޮޑު ބިމުގެ އިތުރަށް މިސްކިތެއް އެޅުމުގެ ނަމުގައި 12000 އަކަ ފޫޓްގެ ބިމެއްވެސް ހިލޭ ދީފައިވެއެވެ. 
ދީނީ ތައުލީމު ދިނުމުގައި ވިޔަފާރި ކުރުމަށް އެވަރުގެ ބޮޑު ބިމެއް ޝަހިމަށް މުއިއްޒު މިދިނީ އެކަމުގެ ޝައުގުވެރިކަން ފާޅުކުރާ އެހެން އެއްވެސް ފަރަތެއް ހުރިތޯ ވެސް ބަލާލުމެއް ނެތި ސިއްރު ސިއްރުންނެވެ. 
ވާދަވެރި ބީލަމަކަށް ހުޅުވާނުލާ ޝަހިމަށް މާސިންގާ ބިމެއް މުއިއްޒު ދިނީ ރިޔާސީ އިންތިހާބުގައި މުއިއްޒަށް މަސައްކަތް ކޮށްދިނުމަށް ވެވުނު އެއްބަސްވުމުގެ މަތީންނެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި އެހުށަހެޅުން ރައީސް ސޯލިހަށްވެސް ޝަހީމް ހުށަހެޅިކަމަށް މައުލޫމަތު ލިބިފައިވެއެވެ. ޝަހީމް ހުށަހެޅި ގޮތަށް އެކަން ކޮށްދެއްވެން ނެތްކަމަށް ރައީސް ސޯލިހު އެންގެވުމުން 2 ވަނަ ބުރުގައި މުއިއްޒަށް ބައިއަތު ހިފައިގެން ޝަހީމް މަސައްކަތްކުރީ ހުޅުމާލެއިން މިހާ ބޮޑު ބިމެއް ހޯދުމުގެ ނުބައި ޑީލުގެ ދަށުންނެވެ. 
އަކަފޫޓަކަށް މަދުވެގެން 85ރ ނަގަމުން އަންނަ ސަރަހައްދަކުން 2.5ރ އަށް އަކަފުޓެއް ކުއްޔަށް ދޭގޮތަށް މިނިސްޓަރ ޝަހީމްގެ މަސްލަހަތު އޮތް ކުންފުންޏަކަށް ދިންދިނުމަކީ ބޮޑިވެގެންވާ ކޮރަޕްޝަނެކެވެ. އެއްބަސްވުން ބާތިލުކޮށް ގާނޫނީ ފިޔަވަޅު އަޅަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ